ސީޒަންގެ ކުރު ފިލްމު "ސޯލް"ގެ ޑަބިން މަސައްކަތް ކުރިއަށް!

ސޯލްގެ ޕޯސްޓަރު--

އެސް ޕްރޮޑަކްޝަން އާއި ބައިސްކޯފު ގުޅިގެން ޕްރޮޑިއުސްކުރާ ކުރު ފިލްމު "ސޯލް"ގެ ޝޫޓިން ނިންމައި، އެ ފިލްމުގެ ޓީޒާ ޓްރެއިލާ އާންމުކުރުމަށް ފަހު ފިލްމުގެ ޑަބިންގެ މަސައްކަތް ފަށައިފި އެވެ.

ފިލްމުގެ ޑައިރެކްޓަރު އަލީ ސީޒަން ބުނީ ޑަބިންގެ މަސައްކަތް ސްރީލަންކާގައި ފިލްމުގެ ތަރިންނާ އެކު ކުރަމުން އަންނަ ކަމަށެވެ.

އެ ފިލްމަކީ ހަނީ މޫނަށް ރާއްޖެއަށް އަންނަ ދެ ފަތުރުވެރިއަކަށް ދިމާވާ ހާދިސާއެއް ކިޔާދޭ ފިލްމެކެވެ.

"ރާއްޖޭގެ މެހެމާންދާރީ އަދާކުރާ ގޮތް ފެނިގެންދާނެ. ދިވެހިންގެ ހިތްހެޔޮ މަންޒަރު ވެސް ފެންނާނެ. ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތައް ވެސް ފެންނާނެ،"

ފިލްމުގެ ޑަބިންގެ މަސައްކަތް ކުރިއަށް ދަނީ--

ވިހި މިނެޓްގެ އެ ކުރު ފިލްމުގެ މަންޒަރުތައް ނެގީ އއ. މަތިވެރީގެ އަދި ކ. ތުލުސްދޫގަ އެވެ.

ލަންކާ ދެ އެކްޓަރުން ފިލްމުގައި ހަރަކާތްތެރިވާއިރު ކުޅަދާނަ ފިލްމީތަރި ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އިސްމާއިލް ޖުމައިހް ވެސް ފިލްމުން ފެނިގެންދާނެ އެވެ.

"ސޯލް" އަކީ ސާކް ފިލްމު ފެސްޓިވަލަށް ތައްޔާރުކުރި ފިލްމެކެވެ. އަދި އެ ފިލްމު ވަނީ މި އަހަރުގެ ސާކް ފެސްޓިވަލްގައި ބައިވެރިކުރުމަށް ނިންމައިފަ އެވެ.

އެ ކުރު ފިލްމު ސްޓްރީމް ކުރާނީ "ބައިސްކޯފު" އެޕްލިކޭޝަން އިންނެވެ.

comment ކޮމެންޓް