"ގޮށްރާޅު" ހުޅުމާލޭ ޝްވެކް ސިނަމާއަށް ވެސް ބިންދާލައިފި

ފިލްމުގެ ޕޯސްޓަރެއް-- ހުޅުމާލޭ ޝްވެކްގައި ފިލްމު އަޅުވަން ވަނީ ނިންމާފައި---

ޑާކްރެއިން އެންޓަޓެއިންމަންޓްގެ މި އަހަރުގެ ފުރަތަމަ ފިލްމު "ގޮށްރާޅު" ހުޅުމާލޭ ޝްވެކް ސިނަމާއަށް ބިންދާލައިފި އެވެ.

އޮލިމްޕަސް ސިނަމާގެ އިތުރުން އަތޮޅުތަކުގައި ފިލްމު ކާމިޔާބު ކަމާއެކީ ދައްކަމުން އަންނަ އިރު އެ ފިލްމު ހުޅުމާލޭ ޝްވެކްގައި ވެސް އަޅުވަން ވަނީ ނިންމައިފަ އެވެ.

މިއަދުން ފެށިގެން މި މަހުގެ 27ގެ ނިޔަލަށް ޝްވެކް ސިނަމާގައި "ގޮށްރާޅު" އަޅުވާ އިރު މިހާރު ފިލްމަށް ޓިކެޓް ވިއްކަން ވަނީ ފަށައިފަ އެވެ. ހުޅުމާލޭ ޝްވެކްއިން ޓިކެޓް ގަންނަން ލިބޭ އިރު ޓިކެޓެއްގެ އަގަކީ 100ރުފިޔާ އެވެ.

އެ ފިލްމުގެ ތަރިންނަކީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފްވާ ދެ ބަތަލުން ކަމަށްވާ ތަސްނީމާ، ރަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ޖުމައިހު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

މޫމިން ފުއާދުގެ ވާހަކައަކަށް އެ ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ މުހައްމަދު އަލީ (މޮގާ)އެވެ.

މާސްޓަޕީސް އެ ފިލްމު ބަލާލަން އެންމެން ވެސް ވަންނަންޖެހޭނެ އެވެ.

"ގޮށްރާޅު" އަކީ ފަސްތަރީގެ އަހަރުގެ ފުރަތަމަ ބްލޮކްބަސްޓާ ފިލްމެވެ.

comment ކޮމެންޓް