އެމްޑީއޭގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރަން އަށް ބޭފުޅަކަށް ޓިކެޓް ދީފި

އެމްޑީއޭގެ ލީޑަރު އަދި މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު --- ސަން ފައިލް ފޮޓޯ

މޯލްޑިވްސް ޑިވަލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަ ކުރުމަށް އަށް ބޭފުޅަކަށް ރޭ ޓިކެޓް ދީފި އެވެ.

ރޭ އެމްޑީއޭ އިން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނިންމާފައި ވަނީ މީގެ ކުރިން ވެސް މަޖިލީހުގެ މެމްބަރުންގެ ގޮތުގައި އެ ޕާޓީން އިންތިހާބުވި ތިން ބޭފުޅެއް ހިމެނޭ ގޮތަށް އަށް ބޭފުޅަކަށް ޓިކެޓް ދިނުމަށެވެ.

މިހާރު ވެސް މަޖިލިސް މެމްބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރައްވަން އެމްޑީއޭ އިން ޓިކެޓް ދީފައި ވަނީ އެ ޕާޓީގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި، ޑެޕިއުޓީ ލީޑަރުން ކަމަށްވާ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު އެވެ.

އެމްޑީއޭ އިން ޓިކެޓް ދިން ބޭފުޅުން

  • އަހުމަދު ސިޔާމް މުހައްދު - ދ. މީދޫ ދާއިރާ
  • އަލީ މައުރޫފު - ނ. ކެނދިކުޅުދޫ ދާއިރާ
  • އަހުމަދު އާމިރު - ދ. ކުޑަހުވަދޫ ދާއިރާ
  • އައިޝަތު ރަަފިއްޔާ - މާފަންނު ހުޅަނގު ދާއިރާ
  • އިބްރާހިމް އަސްލަމް - ނ. މަނަދޫ ދާއިރާ
  • މުހައްމަދު އާދަމް - ރ. ދުވާފަރު ދާއިރާ
  • ހުސައިން ސާލިމް މުހައްމަދު - ނ. ހޮޅުދޫ ދާއިރާ
  • މުހައްމަދު އައްބާސް - ނ. ވެލިދޫ ދާއިރާ

އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި އެމްޑީއޭ އިން ވަނީ އެ ޕާޓީން ވާދަކުރި ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފަ އެވެ. އެ މަޖިލީހަށް އެމްޑީއޭގެ ޓިކެޓްގައި ހޮވުނު ބައެއް މެމްބަރުން ވަނީ ޕާޓީ އިން ވަކިވެގެން ގޮސްފަ އެވެ.

comment ކޮމެންޓް