އެޕަލްގެ ވިޔަފާރިއަށް އާ ސްޓްރެޓަޖީއެއް ބޭނުންވެފައި

އެޕަލްއަށް ވަނީ އިތުރަށް ވިޔަފާރި ފުޅާ ކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފަ --

އެޕަލް އަކީ އެއް އިރެއްގައި ސްމާޓް ފޯނުގެ ބާޒާރުގެ ރަސްގެފާނެވެ. ނަމަވެސް މާފަހުން އަރައިގެން އައި ކުންފުނިތަކުން މިހާރު ވަނީ އެޕަލް ފަހަތަށް ޖައްސާލައިފައެވެ. ސްމާޓްފޯނުގެ ވާދަވެރި ބާޒާރުގައި އެޕަލް އަކީ މިހާރު ރަސްގެފާނެއް ނޫނެވެ.

އެޕަލް އަށް އޮތް އެއް އެޑްވާންޓޭޖަކީ އެކުންފުންޏަށް ލޯޔަލް ކަސްޓަމަރުންނެވެ. އަގުބޮޑެތި އުފެއްދުންތައް ވިއްކާއިރު، ކަސްޓަމާ ބޭސް އިތުރުވަމުން ނުދިޔުމަކީ އެޕަލް އަށް އޮތް ގޮންޖެހުމެކެވެ. އަނެއްކޮޅުން ކުންފުނީގެ ރީޓެއިލް ޗީފް ކުންފުނި ދޫކޮށްލަން އުޅޭކަން އިއުލާނު ކޮށްފައިވާއިރު ބާޒާރުގައި ކުރިއަށް ދިޔުމަށް އެޕަލް އަށް ހުރި ގޮންޖެހުންތައް ވަނީ އިތުރުވެފައެވެ.

އެޕަލްގެ ރީޓެއިލް ފިހާރަތަކަކީ ކުންފުނީގެ އެންމެ ފަހުގެ އުފެއްދުންތައް ޝޯކޭސް ކުރުމަށް ހާއްސަ ފިހާރަތަކެކެވެ. ކަސްޓަމަރުން ގޮސް އުފެއްދުންތައް ޓެސްޓު ކުރަންވީއެވެ. އެޕަލްގެ އުފެއްދުންތަކާ އެއްހަމައެއްގައި ވާދަކުރެވޭ، އަގުހެޔޮ އުފެއްދުންތައް ބާޒާރަށް ތައާރަފު ވުމާއެކު އެޕަލްގެ ސޭލްސް ވަނީ ދަށްވެފައެވެ. އެގޮތުން 2017 ވަނަ އަހަރާ އަޅާބަލާއިރު 2018 ވަނަ އަހަރު މިއަދަދު ވަނީ 15 ޕަސެންޓް ދަށްވެފައެވެ. ސަބަބެއް ކަމުގައި ބެލެވެނީ އެޕަލް އިން ނެރޭ އާ އުފެއްދުންތައް ގަތުމުގެ ބަދަލުގައި ކަސްޓަމަރުން އެމީހުންގެ ކުރީގެ ފޯނުތަކާއި ގެޒެޓުތައް ބޭނުން ކުރުން ނުވަތަ އެޕަލްގެ ކަސްޓަމަރުން ކުންފުނި ދޫކޮށް އެހެން ވާދަވެރިންގެ އުފެއްދުންތައް ބޭނުން ކުރަން ފެށުމެވެ.

އެޕަލްގެ 500 އަށް ވުރެ ގިނަ ރީޓެއިލް ފިހާރަތައް ހުރިއިރު މި ފިހާރަތަކަށް ރަނގަޅު ސްޓްރެޓެޖީ އެއް ބޭނުންވެއެވެ. އާންމުކޮށް ރީޓެއިލް ފިހާރަތަކުގެ އާމްދަނީ އެޕަލް އިން ހާމަ ނުކުރިނަމަވެސް ބެލެވޭގޮތުގައި ކުންފުނީގެ ސޭލްސްގެ 25 ޕަސެބްޓު ހިއްސާ ކުރާނީ މި ފިހާރަތަކުން ލިބޭ އާމްދަނީ އެވެ.

އެޕަލްގެ މި ފިހާތަރަކުގެ ވިޔަފާރި ރަނގަޅު ކުރުމަށް އާ ސްޓްރެޓަޖީތައް ބޭނުންވާ ކަމަށާއި ކުންފުނީގެ ވިޔަފާރީގެ ފައިދާގެ މުހިއްމު ހިއްސާއެއް ކަމުގައިވާ މި ފިހާރަތައް ހުއްޓާލައިފި ނަމަ އެޕަލް އަށް ގެންލުން ވަނެ ކަމަށް މާކެޓް ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. ހާއްސަކޮށް މި ފިހާރަތަކަށް ޒިޔާރަތްކުރާ ކަސްޓަމަރުންނަށް ދޭ ކަސްޓަމާ ސާވިސް ވަރުގަދަކުރަން ޖެހޭކަން މި ފަރާތްތަކުން ފާހަގަ ކުރެއެވެ.

comment ކޮމެންޓް