ޑީއެންއޭ ސާބިތުކުރަން ބެލްޖިއަމްގެ ކުރީގެ ރަސްގެފާނު ދެކޮލު ހައްދަވައިފި

އަލްބާޓް އަދި ދަރިފުޅު ކަމަށް ދައުވާ ކުރާ މީހާ --

ބެލްޖިއަމްގެ ކުރީގެ ރަސްގެފާނު އަލްބާޓް (ދޭތް) އަށް ކައިވެނީގެ ބޭރުން ދަރިކަނބަލަކު ލިބިލެއްވިކަން ސާބިތު ކުރުމަށް ޑީއެންއޭ ޓެސްޓު ހައްދަވަން ދެކޮޅު ހައްދަވައިފި އެވެ.

ނަވާތަސަތޭކަ ފަސްދޮޅަހުގެ އަހަރުތަކުގައި އަލްބާޓް އަށް ކައިވެނީގެ ބޭރުން ދަރިކަނބަލަކު ލިބިލެއްވި ކަމަށް ބުނެ ބެލްޖިއަމްގެ ކޯޓަކަށް ހުށަހަޅާފައިވާ "ބައްޕަ ސާބިތުކުރުމުގެ" މައްސަލައަކާ ގުޅިގެން ކޯޓުން ވަނީ ޑީއެންއޭ ހެދުމަށް އަލްބާޓްގެ ކުޅު ދިނުމަށް އަމުރުުކޮށްފަ އެވެ. އެހެން ނޫން ނަމަ އަލްބާޓްގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުކުރުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ކޯޓުން ވަނީ ބުނެފަ އެވެ.

އަލްބާޓްގެ ދަރިކަނބަލުން ކަމަށް ދައުވާ ކުރައްވާ ޑެލްޕީން،50،ގެ ލޯޔަރު ވަނީ ކޯޓުގެ މި އަމުރަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.

ބެލްޖިއަމްގެ ރަސްގެފާނުގެ ގޮތުގައި އަލްބާޓް ތަހުތަށް އިސްކުރެވުނީ 1993 ވަނަ އަހަރު އުމުރުފުޅުން 63 އަހަރުގަ އެވެ. އަލްބާޓް މަގާމުން ދުރަށް ވަޑައިގެންނެވީ ސިއްހީ މައްސަލަތަކެއްގެ ސަބަބުން ޒިންމާ އަދާކުރަން ހުރަސްތަކެއް އެބަހުރި ކަމަށް ބުނެ 2013 ވަނަ އަހަރު އެވެ.

މިހާރު އުމުރުފުޅުން 84 އަހަރުގެ އަލްބާޓްގެ ދަރިކަނބަލެއް ކަމަށް ދައުވާކުރާ ޑޭލްފީންގެ މަންމަ ބެރޯންސް ބުނެފައި ވަނީ އޭނާ އާއި ރަސްގެފާނާ ދެމެދު ވިއްސަކަށް އަހަރު ވަންދެން ސިއްރު ގުޅުމެއް އޮތް ކަމަށެވެ. އެ ވާހަކަ އޭނާ އެންމެ ފުރަތަމަ ދައްކާފައި ވަނީ ރަސްގެފާނު އިސްތިއުފާ ދެއްވުމުގެ ކުރިންނެވެ. އަލްބާޓް މަގާމު ދޫކޮށްލެއްވި ސަބަބަކީ އެއީ ކަމަށް ވެދާނެކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.

comment ކޮމެންޓް