"ގަލީ ބޯއީ"ގެ އާ ލަވައެއް ދައްކާލައިފި

ރަންވީރު އަދި އާލިއާ ފުރަތަމަ ފަހަރަށް ފިލްމެއްގައި އެއްކޮށް މަސައްކަތް ކުރަނީ--

ޒޯޔާ އަޚްތަރު ޑައިރެކްޓުކޮށް، އާލިއާ ބަޓް އަދި ރަންވީރު ސިންގް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ގަލީ ބޯއީ"ގެ އާ ލަވައެއް ރިލީޒްކޮށްފި އެވެ.

"މެރޭ ގަލީ މޭ" ކިޔާފައިވަނީ ޑިވައިން އާއި ނައޭޒީ އެވެ. އެ ދެ ލަވަކިޔުންތެރިންނަކީ ލަވަ ކޮމްޕޯޒްކޮށްފައިވާ ތަރިން ވެސްމެ އެވެ.

މުމްބާއީގައި ޝޫޓު ކުރި ''ގަލީ ބޯއީ'' އަކީ މުމްބާއީގެ ސްޓްރީޓް ރެޕަރުން ކަމުގައިވާ ނޭޒީ އަދި ޑިވައިންގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

މިއީ ރަންވީރާއި އާލިއާ އެކުގައި ފެނިގެންދާ ފުރަތަމަ ފަހަރެވެ.

ފަރްހާން އަޚްތަރު ކޯ-ޕްރޮޑިއުސް ކުރާ 'ގަލީ ބޯއީ' ރިލީޒް ކުރާނީ އަންނަ މަހު 14ގަ އެވެ.

comment ކޮމެންޓް