ޓޫރިޒަމްގެ ގަވައިދުތަކަށް އިސްލާހު ހުށަހަޅަން އާންމުންނަށް ހުޅުވާލަނީ

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: އެ މިނިސްޓްރީގެ ގަވައިދުތަކަށް ބަދަލު ގެނައުމަށް އާންމުންގެ ހިޔާލަށް ހުޅުވާލަނީ

ޓޫރިޒަމް މިނިސްޓްރީގެ ގަވައިދުތަކަށް އިސްލާހު ގެނައުމަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ގަވައީދުތައް އިސްލާހު ކުރުމުގެ މަސައްކަތް އެ މިނިސްޓްރިން މިހާރު ފަށާއިފައިވާ ކަމަށާއި އެ ބަދަލުތައް ގެނައުމުގައި އާންމުގެ ހިޔާލު ހޯދުމަށް މިއަންނަ އާދިއްތަ ދުވަހު ހުޅުވާލާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ގަވައިދުތަކަށް އިސްލާހު ގެންނަ ނިންމި މައިގަނޑު ސަބަބަކީ، ބައެއް ގަވައިދު ތަކަކީ އެ ގަވައިދުތައް ހެދިތާ ވަރަށް ދުވަސްވެފައިވާ ގަވާިއދުތަކެއް ކަމަށް ވާތީ ކަމަށެވެ.

"ޒަމާނަށް އަންނަ ބަދަލުތަކާއެކު އަޅުގަނޑުމެން ތަރައްގީވަމުން އަންނަ ބާރު މިނާ އެކު، އަޅުގަނޑުމެން ގެންނަޖެހޭ އިސްލާހުތައް މިކަންކަމަށް ގެނަނަން ޖޭހޭ،" އަލީ ވަހީދު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ

މިނިސްޓަރު ވިދާޅުވީ، އާންމުންގެ ހިޔާލަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، މިނިސްޓްރިން ގަސްތުކުރަނީ މި މަސްތެރޭ ގައިވައިދުތަކަށް އިސލާހު ގެނައުމަށް ކުރަން ޖެހޭ ޓެކްނިކަލް މަސައްކަތްތަށް ނިމާލަން ކަމަށެވެ.

އިސްލާހު ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމި ގައިދުތައް:

  • - ފަޔާ ރެގުލޭޝަން
  • - ސެފްޓީ ރެގުލޭޝަން
  • - ވޯޓާ ސްޕޯޓްސް ރެގުލޭޝަން
  • - ރިސޯތް ރެގުލޭޝަން
  • - ޓްރެވެލް އެޖެންސީ ރެގުލޭޝަން
  • - ގެސްޓްހައުސްގެ ގަވައިދު
comment ކޮމެންޓް