ޔޫއޭއީއާ ދެމެދުގައި ޖޮއިންޓް ކޯޕަރޭޝަން ކޮމިޓީއެއް އުފެއްދުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޔޫއޭއީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެ އާއި ޔޫއޭއީ އާ ދެމެދު ޖޮއިންޓް ކޯޕަރޭޝަން ކޮމިޓީއެއް އުފެއްދުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދެވެ. އަދި ޔޫއޭއީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ގައުމުގެ ފޮރިން މިނިސްޓަރު ޝެއިޙް ޢަބްދުﷲ ބިން ޒައިދު އަލް ނަހްޔާން އެވެ.

މި އެއްބަސްވުމުގެ އިތުރު ތަފްސީލެއް ރައީސް އޮފީހަކުން ނުދެއްވައެވެ.

ރޭ އަބޫދާބީ އަށް ރައީސް ސޯލިހް ވަޑައިގެންނެވީ، "ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑްސް" އަދި "އިނޯގްރޭޝަން އޮފް ދަ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް" ޙަފްލާގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމުގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑާ އޮފް އާމްޑް ފޯސަސް، މުހައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށެވެ.

މި ދަތުރުފުޅަށްފަހު ރައީސް ސޯލިހް އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހުއެވެ.

މީ ވެރިކަމާ ހަވާލުވުމަށް ފަހު ރައީސް ސޯލިހް ރާއްޖެއިން ބޭރަށް ކުރައްވާ ދެ ވަނަ ރަސްމީ ދަތުރުފުޅެވެ.

comment ކޮމެންޓް