އައްފާންގެ "ރާޅެއްހެން" ފިލްމު "ގޮށްރާޅު"ގައި!

ގޮށްރާޅުގެ ޕޯސްޓަރެއް---

އައްފާންގެ ލަވަތަކުގެ ތެރެއިން ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލުވި އެއްލަވަ "ރާޅެއްހެން" އަންނަ މަހު ހަތަރު ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ގޮށްރާޅު"ގައި ހިމަނާފިއެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓުން ނެރޭ އަހަރުގެ ފުރަތަމަ ފިލްމު "ގޮށްރާޅު"ގައި އެ ލަވަ ހިމެނީ އެ ލަވައަކީ އައްފާނުއަށް ހާއްސަ ލަވައަކަށް ވުމުން ކަމަށް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުންޏެވެ.

މި ލަވަ މިހާރު ލަވަފޮށިން އަދި ސައުންޑްކްލައުޑުން އިވިގެންދާއިރު "ރާޅެންހެން"އަކީ އައްފާންގެ އަމިއްލަ ލިރިކްސްއެކެވެ.

އައްފާން ވަނީ މޯލްޑިވިއަން އައިޑަލްގެ ދެ ސީޒަނެއްގައި ޖަޖުކަންކޮށް ބެލުންތެރިންގެ މަގްބޫލުކަން ހޯދާފައެވެ.

ފިލްމުގެ ޓިކެޓް މިހާރު ވިއްކަން ފަށާފައިވާއިރު ޓިކެޓް ވިއްކުން ކުރިއަށްދާނީ ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 22:00 އާ ހަމައަށެވެ. ޓިކެޓްގެ އަގު އުޅެނީ 100 ރުފިޔާއަށެވެ. ނަމަވެސް އެ ފިލްމުގެ ޕްރިމިއަރ ނައިޓްގެ ޓިކެޓެއް ވިއްކަނީ 150 ރުފިޔާއަށެވެ.

ޑައިރެކްޓަރު މޫމިން ފުއާދުގެ ސްކްރީން ޕްލޭއަކަށް ހަދާ އެ ފިލްމުގެ ތަރީންގެ ގޮތުގައި ފެނިގެން ދާނީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފް ވާ ތަރީން ކަމަށްވާ ތަސްނީމާ، ރަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރި ވާނެ ބައެއް ތަރިންނަކީ ނާޝިދު، ހަމްދާން ފާރޫގު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

comment ކޮމެންޓް