ޕީޖީ އޮފީހުގެ ގޮތްޕެއް ވޭމަންޑޫގައި ހުޅުވައިފި

ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް އެ އޮފީހުގެ ތ. އަތޮޅު ގޮފި ހުޅުއްވާ ދެއްވަނީ -- ފޮޓޯ/ ޕީޖީ އޮފީސް

ޕްރޮސެކުޓާ ޖެނެރަލް އޮފީހުގެ ގޮތްޕެއް ތ. ވޭމަންޑޫގައި މިއަދު ހުޅުވައިފިއެވެ.

ޕީޖީ އޮފީހުގެ ތ. އަތޮޅު ގޮފި، ހުޅުއްވައި ދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް އެވެ.

މިއީ ޕީޖީ އޮފީހުން އަތޮޅު ތެރޭގައި ގާއިމް ކުރި ނުވަ ވަނަ ގޮތްޕެވެ.

ޕީޖީ އޮފީހުން ބުނީ މިއަދު ހުޅުވި ތ. އަތޮޅު ގޮފީގައި ދެ ޕްރޮސިކިއުޓަރުންނާއި އިދާރީ މުވައްޒަފަކު މަސައްކަތްކުރާނެ ކަމަށެވެ.

ގޮފި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ތ. އަތޮޅުގެ އަތޮޅު ކައުންސިލުންނާއި، ވޭމަންޑޫ ރަށު ކައުންސިލާއި، ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓު އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވެއެވެ.

comment ކޮމެންޓް