ރައީސް ޔާމީނުގެ އެކައުންޓުތައް ފްރީޒްކުރަން ކޯޓުން އަމުރުކޮށްފި

ކުރީގެ ރައީސް ޔާމީން -- ފޮޓޯ/ ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ބޭންކް އެކައުންޓްތައް ފްރީޒުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މިކަން "ސަން"އަށް ވަނީ ކަށަވަރުވެފައެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނިލިބެ އެވެ.

ރައީސްކަމުގައި ހުންނަވައިގެން ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ޔާމީން ހިންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދައުލަތުގެ އިދާރާތަކުން ހުށަހަޅައިގެން ބަލަމުން އަންނަ ކަމަށް ފުލުހުން ރޭ ވަނީ ހާމަކޮށްފައެވެ.

އަދި އެ މައްސަލާގައި މާދަމާ މެންދުރު 2:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޔާމީނަށް ޗިޓުވެސް ވަނީ ހަވާލުކޮށްފައެވެ.

https://sun.mv/112924

ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އެންގީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކެމްޕޭނުގައި ބޭނުންކުރަން އެކި ގޮތްގޮތުން ލިބުނު ފައިސާގެ މައްސަލަ ބެލުމަށްކަމަށް ޕީޕީއެމްގެ ނައިބު ރައީސާ އާއިޝަތު އާޒިމާ ޝަކޫރު މިއަދު ވަނީ ވިދާޅުވެފައެވެ.

އާޒިމާ ވިދާޅުވީ ފައިސާ ވަންކަމަށް ބުނާ އެކައުންޓަކީ ރިޔާސީ އިންތިހާބުގެ ގާނޫނީ އޮނިގަނޑުގައިވާ ގޮތުން، އިލެކްޝަންސް ކޮމިޝަނަށް ޔާމީން ޑިކްލެއާކުރެއްވި އެކައުންޓް ކަމަށެވެ.

comment ކޮމެންޓް