"ގައުމީ ވިންދު"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފި

ގައުމީ ވިންދު އުފެއްދުމުގެ ހުއްދައިގެ ލިއުން އީސީން މިއަދު ހަވާލު ކުރަނީ --- ފޮޓޯ: އީސީ

'ގައުމީ ވިންދު'ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ.

ގައުމީ ވިންދުގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވަނީ ޕީޕީއެމްގެ ކުރީގެ މެންބަރު މުހައްމަދު ރަމީޒު އަލީ (އޮގަރު ރަމީޒު) އަށެވެ.

އީސީން މިދިޔަ ހަފްތާގައި ވެސް ވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފަ އެވެ. މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވަނީ ވިޔާފާރިވެރިންގެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފަށެވެ. އެ ޕާޓީއަށް ވަނީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ސޮއި ކުރައްވާފަ އެވެ.

ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަނުން މި އަހަރު ހުއްދަ އެދިނީ ތިން ވަނަ ފަރާތަށެވެ. މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ)ގެ ނަމުގައި މި އަހަރު ކުރީ ކޮޅު ގާނޫނީ ވަކީލު އަބްދުﷲ ހަސީންއަށް ވަނީ ޕާޓީއެއް އުފައްދަން ހުއްދަދީފަ އެވެ.

comment ކޮމެންޓް