ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އިފްތިތާހު ކުރި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމުގެ ހާއްސަ ކެމްޕެއިންގައި ފޮރިން މިނިސްޓްރީން ވެސް ބައިވެރިވެއްޖެ އެވެ.
މި ހާއްސަ ކެމްޕެއިން ސަރުކާރު ހުރިހާ މިނިސްޓްރީއަކާ ހުރިހާ ސެކްޓާތަކުގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. ފޮރިން މިނިސްޓްރީ އަކީ މި ކެމްޕެއިންގައި ބައިވެރިވި ފުރަތަމަ މިނިސްޓްރީ އެވެ.
މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި އޮތް މި ރަސްމިއްޔާތުގައި އެ މިނިސްޓްރީގައި ކެމްޕެއިން ފައްޓަވައި ދެއްވީ، ފޮރިން މިނިސްޓަރު އަބަދުﷲ ޝާހިދެވެ.
ކެމްޕެއިން ފައްޓަވައި ދެއްވުމަށް ފަހު، މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީ އިން އަހަރެއްގެ މައްޗަށް 27،500 އަށް ވުރެ ގިނަ ޕްލާސްޓިކް ފުޅި ބޭނުން ކުރާ ކަމަށާއި މި ކެމްޕެއިންގެ ދަށުން އެކަމަށް ނިމުމެއް އަންނާނެ ކަމަށެވެ.
އަދި ރާއީސް ސޯލިހް މިފަދަ ތިމާވެއްޓާ ރައްޓެހި ކެމްޕެއިންއެއް ފެއްޓެވުމުން މިނިސްޓަރު ޝާހިދު އެމަނިކުފާނަށް ޝުކުރު އަދާކުރެއްވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މުވައްޒުފުން ދުވާލު ގަނޑީގައި މަސައްކަތް ކުރައްވާ އިރު ކަރަންޓް ބޭނުން ކުރުން މަދު ކުރުމަށް ބާރު އަޅުއްވާ ކަަމަށެވެ.
މި ކެޕެއިންގެ ދަށުން އެ މިނިސްޓްރީގެ ކޮންމެ މުވަށްޒިފަކަށް ވަނީ ބިއްލޫރި ފުޅި ހަދިޔާ ކޮށްފަ އެވެ.