"އަލާއްދީން"ގެ ރީމޭކެއް ހަދަނީ، ފިލްމު ނުކުންނާނީ އަންނަ އަހަރުގެ މެއި މަހު!

އަލާއްދީންގެ ރީމޭކް އަންނަ މެއި މަހު 24ގައި---

ނަވާރަސަތޭކަ ނުވަދިހަ ދެވަނަ އަހަރު ނުކުތް ޑިޒްނީ ކާޓޫން "އަލާއްދީން"ގެ ރީމޭކެއް ހެދުމަށް ނިންމައިފިއެވެ.

ފިލްމުގެ ޓީޒާ މިހާރު ދައްކާލާފައިވާއިރު އެ ފިލްމު ޑައިރެކްޓްކޮށް އުފައްދަނީ ގައި ރިޗީ އެވެ. އަދި ފިލްމުގެ ޕްރޮޑިއުސަރަކީ ޑޭން ލިންއެވެ.

ފިލްމުގައި އަލާއްދީންގެ ރޯލުން ފެނިގެންދާނީ މެނާ މައްސޫދެވެ. އަދި ޖޭސްމިންގެ ރޯލުން ފެނިގެންދާނީ ނައޯމީ ސްކޮޓްއެވެ. ޖީނީގެ ރޯލުން ވިލް ސްމިތް ފެނިގެންދާއިރު ޖަފަރުގެ ރޯލުން ފެނިގެންދާނީ މަރުއާން ކެންޒާރީ އެވެ.

ފިލްމުގެ ޓިޒާ 22.4 މިލިއަން ވިއުސް ލިބިފައެވެ. "އަލާއްދީން" ރިލީޒްކުރާނީ އަންނަ އަހަރުގެ މެއި މަހުގެ 24 ވަނަ ދުވަހުއެވެ.

އަންނަ އަހަރަކީ ވޯލްޓް ޑިޒްނީގެ ގިނަ ކާޓޫންތަކެއްގެ ރީމޭކް ގެނެސްދޭނެ އަހަރެކެވެ. އޭގެ ތެރޭގައި ލަޔަން ކިންގް އަދި ޑަމްބޯ ހިމެނެއެވެ.

comment ކޮމެންޓް