މެޑޭމް ވެބްއާ އެކު މާވެލްއަށް އިތުރު ފްލޮޕެއް؟

މާވެލް ސިނެމެނެޓިކް ޔުނިވާސްގެ ސޮނީ ޑިސްޓްރިބިއުޝަންގެ ދަށުން ނެރޭ އާ ސުޕަހީރޯ ފިލްމު "މެޑޭމް ވެބް" ފިލްމު ބޮޑު ފްލޮޕަކަށް ހިނގައިދާނެކަމުގެ އިޝާރާތްތައް ކޮށްފިއެވެ.

ބޮކްސް އޮފީހުގައި ސުޕަހީރޯ ފިލްމުތަކަށް އޮތް ޑިމާންޑު ކުޑަވެ، އެ ބަލަން ބޭނުންވާ މީހުން އަންނަނީ މަދުވަމުންނެވެ. ކޮޕީ ކޮށްފައިވާ ޕްލޮޓުތަކާއެކު ފްލޮޕް ފިލްމުތައް ޑިޒްނީއާއި ވޯނާ ބްރޮސް އަދި ސޮނީއިން ވެސް އަންނަނީ ނެރެމުންނެވެ. ބެލުންތެރިން ތިބީ ފޫހިވެފައެވެ.

މި ދަނޑިވަޅުގައި ސޮނީއިން ރިލީޒް ކުރަން ތައްޔާރުވެފައިވަނީ ސްޕައިޑާމޭންގެ ސްޕިންއޮފް ފިލްމު މެޑޭމް ވެބްއެވެ. ފިލްމުގެ ރިވިއުތައް މިހާރު އާންމުވެފައިވާއިރު ކްރިޓީކުންނަށް އެއްގޮތަކަށް ވެސް ފިލްމު ކަމަކު ނުދެއެވެ.

ކްރިޓީކުން ބުނަނީ މެޑޭމް ވެބް އަކީ ޕްލޮޓުގައި ގިނަ މައްސަލަތަކެއް ހުރި ފިލްމެއް ކަމަށެވެ. އަދި، މާ ގިނައިރެއް ނުވެ ފިލްމު މަތިން ފޫހިވާ ކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ.

ރޮޓެން ޓޮމާޓޯސްގައި ފިލްމަށް ކްރިޓީކުންގެ ފަރާތުން ލިބިފައިވަނީ 23 ޕަސެންޓެވެ. މިއީ ވަރަށް ދަށް އަދަދެކެވެ. ނަމަވެސް މިއީ މިހާރު ސުޕަހީރޯ ފިލްމުތަކަށް ލިބެމުން އަންނަ ރޭޓިންތަކާ ގާތް ކުރާ އަދަދެކެވެ.

މި ފިލްމު މިއަދުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދައްކަން ފަށާނެއެވެ. ލަފާ ކުރާ ގޮތުގައި ފިލްމު ބޮކްސް އޮފީހުގައި ވެސް މާ ބޮޑު އާމްދަނީއެއް ނުހޯދާނެއެވެ. މި ފިލްމަކީ 80 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގެ ބަޖެޓަށް ވުރެ ބޮޑު އާމްދަނީއެއް ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް އެނަލިސްޓުން ބުނެއެވެ.

މެޑޭމް ވެބްގައި ހޮލީވުޑްގެ މަގުބޫލު ގިނަ ތަރީން ފެނިގެންދާނެއެވެ. އެއީ ޑަކޯޓާ ޖޯންސަން އާއި ސިޑްނީ ސްވީނީގެ އިތުރުން އެމާ ރޮބާޓްސް އަދި އިޒަބެލާ މާސާޑްއެވެ.

comment ކޮމެންޓް