"ދަ ސެއިންޓް"ގައި ކްރިސް ފެންނާނެ؟

ކްރިސް ޕްރެޓް --

ޕެރަމައުންޓް ޕިކްޗާޒުން ގެނެސްދޭން ނިންމާފައިވާ ފިލްމު "ދަ ސެއިންޓް" ގެ ލީޑު ރޯލު ހޮލީވުޑްގެ މަޝްހޫރު ތަރި ކްރިސް ޕްރެޓަށް ހުށަހަޅައިފި ކަމަށް ހަބަރުތައް ބުނަން ފަށައިފިއެވެ.

މީޑިއާ ރިޕޯޓް ތަކުން އެހެން ބުނި ނަމަވެސް ކްރިސް އެ ފިލްމު ކުޅެން ސޮއި ކުރިކަމެއް އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މީގެ ކުރިން ޓީވީ ސިލްސިލާތަކެއްގެ އަދި ފިލްމު ތަކެއްގެ ގޮތުގައި ގެނެސްފައިވާ "ދަ ސެއިންޓް" ގެ ރީބޫޓް ވާޝަން ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު އެ ފިލްމުގެ އެހެން ކާސްޓުންނެއްވެސް އަދި އިއުލާނެއް ނުކުރެއެވެ.

މާބޮޑު ތަފްސީލެއް "ދަ ސެއިންޓް" އާ ބެހޭގޮތުން އިއުލާންކޮށްފައި ނުވާއިރު އެ ފިލްމުގެ ޝޫޓިން ފަށައި ސިނަމާތަކަށް ފިލްމު އަންނާނެ ތާރީހެއްވެސް އަދި އާންމުކޮށްފައެއް ނުވެއެވެ.

ކްރިސް އެ ފިލްމުން ފެންނާނެ ކަމަށް ބެލެވޭ އިރު އޭނާގެ ދެ ފިލްމެއް އަންނަ އަހަރުގެ ތެރޭގައި ރިލީޒްވާނެއެވެ. އެއީ "ދަ ކިޑް" އާއި "ކައުބޯއި ނިންޖާ ވައިކިން" އެވެ. "ކައުބޯއީ ނިންޖާ ވައިކިން" ގައި ކްރިސް އާއެކު ބޮލީވުޑް ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ފެންނާނެއެވެ.

comment ކޮމެންޓް