ނ. އަތޮޅު ރޮބިންސަން ރިސޯޓުން ފުރައިގެން ރ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ބަންޑުން ޖަހާލައިފިއެވެ.
ފުލުހުން ބުނީ، މިއަދު ހެނދުނު ރޮބިންސަން ރިސޯޓުން ފުރައިގެން 3 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ލޯންޗެއް ނ. ފޮއްދުއާ ރ. އުނގޫފާރާ ދެމެދު ކަނޑުތެރެއަށް ބަންޑުން ޖަހާލައިފައިވާ ކަމަށެވެ.
ލޯންޗުގައި ތިބި ތިން މީހުން، އެވަގުތު އެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ އެހެން ލޯންޗަކަށް ނަގާފައި ވާ ކަމަށާއި އެ ތިން މީހުންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ، ބަންޑުން ޖަހާލާފައިވާ ލޯންޗު ކަފުޖަހައިގެން ރ. އަތޮޅަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.