އިންތިޚާބީ ރައީސް ސައުދީގެ އިސް ފަރާތްތަކާ ބައްދަލު ކުރައްވައިފި

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އުމްރާގެ މަތިވެރި އަޅުކަން ވެސް އަދާކުރައްވާފައި

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ސައުދި އަރަބިއާގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައިފިއެވެ.

މިހާރު އުމްރާންގެ އަޅުކަމަށް ވަޑައިގެން އުޅުއްވާ އިބޫ ސައުދީގެ އިސް ފަރާތްތަކާ ބައްދަލު ކުރެއްވިކަން އިންތިޚާބީ ރައީސްގެ ޓްވިޓާ އެކައުންޓުން ވަނީ ޓްވީޓް ކޮށްފައެވެ. އެ ޓްވީޓުގައި ވަނީ އެމަނިކުފާނު އުމްރާގެ މަތިވެރި އަޅުކަން ވެސް އަދާކުރައްވާފައިވާ ކަމަށެވެ.

އިންތިޚާބީ ރައީސްއާ އެކު އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވެސް ވަނީ ސައުދީއަށް ވަޑައިގެންފައެވެ.

comment ކޮމެންޓް