"ގޮށްރާޅު" އަންނަ އަހަރު ފެބްރުއަރީ ހަތަރަކަށް!

ގޮށްރާޅުގެ ޕޯސްޓަރެއް---

ގިނަ ފަހަރެއްގެ މަތިން ފަސްކުރި، ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފިލްމު "ގޮށްރާޅު" އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ޕްރިމިއާކުރުމަށް ތާވަލްކޮށްފިއެވެ.

"ގޮށްރާޅު" ނޮވެމްބަރު މަހުގައި އަޅުވާގޮތަށް ނިންމި ނަމަވެސް ސިޔާސީ މަޝްރަހުގެ ސަބަބުން ވަނީ ފިލްމު މިއަހަރުގެ ޑިސެމްބަރު މަހު އަޅުވާ ގޮތަށް ނިންމާފައެވެ.

ނަމަވެސް ފިލްމު އަނެއްކާވެސް ފަސްކުރީ ރާއްޖޭގައި ފިލްމެއް އެޅުވޭނެ މާހައުލެއް ނެތުމުންކަމަށް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުންޏެވެ.

"ވަރަށް ގިނަ ފަހަރެއްގެ މަތިން ފިލްމު ފަސްކުރެއްވިއްޖެ. މިފަހަރު މިއީ ޔަގީން ފަހަރެއް. އިރާދަކުރެއްވިއްޔާ ފެބްރުއަރީ ހަތަރެއް،" މޮގާ ސަން އަށް ބުންޏެވެ.

"ގޮށްރާޅަކީ މަސައްކަތުގެ ތެރެއިން މީހަކު އުފައްދާ ހަމަނުޖެހުމަކަށް ކިޔާ ނަމެއް،"

އެ ފިލްމަކީ ކްރައިމް ތްރިލާ ފިލްމެކެވެ. ގޮށްރާޅު ޑައިރެކްޓް ކުރަނީ އަހުމަދު ޝިނާން އެވެ.

ޑައިރެކްޓަރު މޫމިން ފުއާދުގެ ސްކްރީން ޕްލޭއަކަށް ހަދާ އެ ފިލްމުގެ ތަރިންގެ ގޮތުގައި ފެނިގެންދާނީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފްވާ ދެ ބަތަލުން ކަމަށްވާ ތަސްނީމާ، ޔަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ނާޝިދު، ހަމްދާން ފާރޫގު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

comment ކޮމެންޓް