އަވައްޓެރި އިންޑިއާގެ ކަލަކަތާގެ ބުރިޖެއް މިއަދު ހަވީރު އެންމެ ބާރުބޮޑުވީ ވަގުތު ވެއްޓި ފަސް މީހުން މަރުވެއްޖެއެވެ.
އިންޑިއާގެ ނޫސްތަކުން ބުނީ އެ ހާދިސާގައި 17 މީހަކު ޒަހަމްވެސް ވެފައިވާ ކަަމަށެވެ. އަދި ބުނީ އެ ހާދިސާގައި ވެއްޓުނު ބުރިޖުގެ ދަށުގައި ކުޑަ ބަހަކާއި ފަސް ކާރެއްވެސް ތާށިވެފައިވާ ކަަމަށެވެ.
އެ ބުރިޖުގެ އަޑީގައި 20 އަކަށް މީހުން ތާށިވެފައިވާ ކަަމަށް މިހާރު ވަނީ ބެލެވިފައެވެ.
އެ ހާދިސާއާ ގުޅިގެން ފަސް ކްރޭންއަކާއި އަދި ކުއްލި ހާލަތުގައި މަސައްކަތްކުރާ 500 މީހުން ދަނީ މީހުން ހޯދުމުގައި ހަރަކާތްތެރިވަމުންނެވެ.
ކަލްކަތާ ނިސްބަތްވާ އިންޑިއާގެ ވެސްޓް ބެންގޯލް ސްޓޭޓުގެ ޗީފް މިނިސްޓަރު މަމަތާ ބެނަޖީ ވިދާޅުވީ އެ ހާދިސާ ހިނގި ސަބަބު ވަރަށް ރަނގަޅަށް ތަހުގީގުކުރާނެ ކަމަށެވެ.
އިންޑިއާގެ ނޫސްތަކުން ބުނީ އެ ބުރުޖިގެ މެއިންޓެނެންސްގެ މަސައްކަތްވެސް ރަނގަޅަށްްް ގެންގޮސްފައިނުވާ ކަމަށެވެ.
މީގެ ދެ އަހަރު ކުރިންވެސް ކަލްކަތާގެ ބުރިޖެއް ވެއްޓުނު ހާދިސާގައި 26 މީހުން މަރުވިއެވެ. އެ ހާދިސާއާ ގުޅިގެން އިންޑިއަން އިންސްޓްޓިއުޓް އޮފް ޓެކްނޮލަޖީން ނެރުނު ރިޕޯޓެއްގައި ބުނީ އެ ބުރުޖިގެ ޑިޒައިންތަކުގައި މައްސަލަ އުޅޭ ކަމަށެވެ.