މ.ކްރިމްސަންރޯސް ގޭގެ ފަސްވަނަ ބުރިން އުމުރުން ދުވަސްވީ މީހަކު ވެއްޓި މަރުވެއްޖެ އެވެ.
'ސަން' އަށް އެނގިފައިވާ ގޮތުން މަރުވެފައިވަނީ ތ.ގާދިއްފުށި ވައިލެޓްމާގެ ހުސައިން އަހުމަދު، 69 އެކެވެ.
މަންޒަރު ދުއް މީހަކު 'ސަން އަށް ބުނީ ހުސައިން އަހުމަދު ވެއްޓުނީ އޭނާ އެގޭގެ ކަންމަތީގައި މަޑުކޮށްލައިގެން ހުއްޓައި ފައިބުޑަށް ކަމަށެވެ. އެއީ އެގޭގެ ކަންމައްޗަށް ވާގޮތަށް އިންނަ ބެލްކަންޏެއް ކަމަށްވެސް އޭނާ ބުންޏެވެ.
"ވެއްޓެން އައީ ބޯކޮޅު ވަތަށް. އައިސް މަގުމަތީ ދަމާފައި ހުރި ދިދަ ތަކުގައި އަޅައިގަނެފައި އުއްޑުން ވެއްޓުނީ. ވެއްޓުނު އިރު އޮތީ ލޯ ހުޅުވިފައި. ވެއްޓެން އައިއިރުވެސް ހަޅޭ ލަވާ ކަހަލަ އެއްވެސް އަޑެއް ނީވޭ،" މަންޒަރު ދުއް މީހާ ބުންޏެވެ.
އެމީހާ ވެއްޓުމުން އޭނާ ގޮސް އެގެއަށް ވަތް އިރު އެގޭގައި ދެންވެސް އުޅެނީ އުމުރުން ދުވަސްވީ މީހެއް ކަމަށް ބުންޏެވެ. ހުސައިން އަހުމަދު ވެއްޓުނު ކަން އެގޭގައި ހުރި މީހާއަށް އެނގުނީވެސް އޭނާ ބުނުމުން ކަމަށް ބުންޏެވެ.
ހުސައިން އަހުމަދު ވެއްޓުނީ އެގޭގައި ހުރި ކުޑަ ބެލްކަންޏަކުން ކަމަށްވެސް ބުންޏެވެ. އެ ބެލްކަންޏަކީ ފަސްފޫޓުގެ މީހަކު ކޮޅަށް ހުންނައިރު ދަތްދޮޅިއާ ހަމައަށް އަރާވަރުގެ އުސް ބެލްކަންޏެއް ކަމަށްވެސް އެމީހާ ބުންޏެވެ. ބެލްކަނީގައި ދެ ބަރިއަކަށް ފެން ކޭސް ޖަހާފައި ހުރި ކަމަށްވެސް މަންޒަރު ދުއް މީހާ ބުންޏެވެ.
ފުލުހުން ބުނީ ދުވަސްވީ މީހަކު ގެއެއްގެ މަތިން ވެއްޓިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.