20 އަހަރުންދަށުގެ އެފްއޭކަޕް:
ވީބީގެ މައްޗަށް ވެލެންސިޔާ އިން ކުރިހޯދައި ގްރޫޕް ބީގެ އެއްވަނާގައި

ވިހި އަހަރުން ދަށުގެ އެފްއޭކަޕްގައި 2-0 ން ވީބީ ސްޕޯޓްސް ކްލަބްގެ މައްޗަށް މޮޅުވެ ވެލެންސިޔާ ގްރޫޕް ބީގެ އެއްވަނަ މަގާމަށް ޖެހިލައިފި އެވެ.

މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ފަސް މިނެޓްކުރިން އަހްމަދު ނާސިހު ވެލެންސިޔާ އަށް ލީޑް ހޯދައިދީފައިވެ އެވެ. ވެލެންސިޔާ އިން ދެވަނަ ހާފަށް ނުކުމެ ލީޑްގައިއޮވެ ވީބީގެ މައްޗަށް މޮޅު ކުޅުމެއް ދައްކާފައިވެ އެވެ. އެގޮތުން ވެލެންސިޔާ އަށް ފުރަތަމަ ހާފާ ހިލާފަށް ގޯލްޖަހާނެ ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ.

މެޗްގެ އެންމެ ފަހު މިނެޓްގައި ވެލެންސިޔާ އިން ލީޑް ފުޅާކޮށް 2-0 އަށް ނަތީޖާ ބަދަލުކޮށްފައިވެ އެވެ. މިލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ ހުސެން ޒުހައިރު އެވެ. މިލަނޑާ އެކު ވެލެންސިޔާ އަށް ތިން ޕޮއިންޓް ކަށަވަރުވެގެންދިޔަ އެވެ.

ދެމެޗް ކުޅެ ލިބުނު ހަތަރު ޕޮއިންޓާ އެކު ގްރޫޕް ބީގެ އެއްވަނާގައި މިހާރު ވަނީ ވެލެންސިޔާ އެވެ. ޕޮއިންޓްގެ ގޮތުން ވެލެންސިޔާއާ އެއްވަރުވި ނަމަވެސް ގޯލްގެތަފާތުން ދެވަނާގައި އުޅެނީ މާޒިޔާއެވެ. ދެމެޗުން ބަލިވުމުގެ ސަބަބުން އެއްވެސް ޕޮއިންޓެއް ނުލިބި ގްރޫޕް ބީގެ ފުލުގައި އުޅެނީ ވީބީ ސްޕޯޓްސް ކްލަބެވެ.

ވިހި އަހަރުން ދަށުގެ އެފްއޭކަޕްގެ މެޗެއް މިރޭ ވެސް ކުޅުމަށް ހަމަޖެހިފައިވެ އެވެ. ގަލޮޅު ރަސްމީ ދަނޑުގައި މިރޭ 10:00 އޮންނަ މެޗްގައި ބައްދަލުކުރާނީ ކްލަބް އީގަލްސްއާއި އޯލް ޔޫތް ލިންކޭޖް (އޭވައިއެލް)އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު