އއ. އަތޮޅުގެ ބައެއް ރަށްތަކަށް މެޑަމް ފާތުން ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފި

މެޑަމް ފާތުން ތޮއްޑުއަށް ވަޑައިގަތުމުން އެރަށުން އެކަމަނާއަށް މަރުހަބާ ދަންނަވަނީ ---- ފޮޓޯ/ ޓްވިޓާ

އަރިއަތިޅު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް މިއަދު ފައްޓަވައިފިއެވެ.

މެޑަމް ފާތުންގެ ތިން ދުވަހުގެ އެ ދަތުރުފުޅަކީ އެކަމަނާ ފައްޓަވާފައިވާ އިޖުތިމާއީ ހިދުމަތްތަކުގެ ދަށުން ހިންގަވާ 'އެންމެ ގާތުން' ކެމްޕެއިންގެ ދަށުން އަރިއަތޮޅުގެ ރައްޔިތުންގެ ހާލު ބެއްލެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއަދު ހެނދުނު ފެއްޓެވި އެ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ތޮއްޑޫއަށެވެ. ތޮއްޑޫއިން އެކަމަނާއަށް ހޫނު މަރުހަބާއެއް ކިޔާފައިވާ އިރު މިއަދު ވަނީ ރަސްދޫއާއި ބޮޑުފުޅަދުއަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައެވެ.

އެ ތިން ރަށުގެ އިތުރުން، މައުލޫމާތު ލިބިފައިވާ ގޮތުގައި ދެން މެޑަމް ފާތުން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އއ. މަތިވެރި، އއ. ފެރުދޫ، އއ. މާޅުސް އަދި އއ. ހިމެންދުއަށެވެ.

comment ކޮމެންޓް