މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް އިނާމުދޭ ކޮމިޓީ އަލުން އެކުލަވާލައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ހާއްސާ އިނާމު ދޭ ފަންނީ ކޮމިޓީގެ މެމްބަރުން --- ފޮޓޯ/ ރައީސް އޮފީސް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ހާއްސާ އިނާމު ދޭ ފަންނީ ކޮމިޓީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު އަލުން އެކުލަވާލައްވައިފިއެވެ.

އެ ކޮމިޓީގެ ޗެއާމަންކަމުގައި މީގެ ކުރިން ހުންނެވީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއެވެ. ނަމަވެސް މިއަދު އެ ކޮމިޓީ އަލުން އެކުލަވާލި އިރު، ކޮމިޓީން ޑރ. ޝައިނީ ވަކިކުރައްވައި، ކޮމިޓީގެ ޗެއާމަންކަމަށް ހަމަޖެއްސެވީ އެ ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި ކުރިން ހުންނެވި، ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމެވެ.

ކޮމިޓީ މެމްބަރުން

  • ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ، މ. ދާނިޝް
  • ޑރ. މަރްޔަމް ސުޒީ އާދަމް، މ. އެމޭޒަން
  • އައިޝަތު ޝާހީން، މއ. ވިލާ ރޮދި
  • ޑރ. އަބްދުލްއަޒީޒް ޔޫސުފް، ވިލިމާލެ، އަކީލާ

މީގެ ތެރެއިން ޑރ. އަބްދުލްއަޒީޒް ޔޫސުފަކީ މި ކޮމިޓީއަށް އަލަށް އައްޔަނުވެގެން ދިޔަ ބޭފުޅެކެވެ. އަނެއް ތިން ބޭފުޅުންނަކީ މީގެ ކުރިންވެސް ކޮމިޓީ މެމްބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ހާއްސަ އިނާމު ދެނީ ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

މި އަހަރު ހާއްސަ އިނާމު ދިނުމަށް ހަމަޖެހިފައި ވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމިއްޔާތުގައެވެ.

comment ކޮމެންޓް