Sun Online
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަޖިލީހުގެ ނައިބް ރައީސް ޝައިހް އިބްރާހިމް އަހުމަދް ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަޖިލީހުގެ ނައިބް ރައީސް ޝައިހް އިބްރާހިމް އަހުމަދް ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ

އިސްލާމީ ފަތުވާ ދޭ މަޖިލީހުން ބައިނަލްއަގުވާމީ ކޮންފަރަންސެއް މި އަހަރު ރާއްޖޭގައި ބާއްވަނީ

އަފްރާހް އަބްދުއްރަޝީދު
ލިޔުނީއަފްރާހް އަބްދުއްރަޝީދު

ދުނިޔޭގެ އެހެން އިސްލާމީ ގައުމުތަކުގައި ފަތުވާ ނެރޭގޮތް ދެނެގަތުމަށްޓަކައި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ރާއްޖޭގައި ޚާއްސަ ބައިނަލްއަގުވަމީ ކޮންފަރަންސެއް މިއަހަރުގެ ތެރޭގައި ބާއްވަން ނިންމައިފިއެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ބިލް ރައީސް ޔާމީން ތަސްދީގު ކުރެއްވީ 2016 ވަނަ އަހަރުގެ މެއި މަހުގެ ނުވަ ވަނަ ދުވަހުއެވެ. މި މަޖިލީހަށް ގާނޫނުގައިވާ ގޮތުން މެމްބަރުން އައްޔަނުކޮށް ނިންމެވީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އަދި މި މަޖިލީހުގެ ރައީސްކަމަށް އައްޔަނު ކުރެއްވީ ކުރީގެ އުއްތަމަ ފަނޑިޔާރު އައްޝައިޚް މުހައްމަދު ރަޝީދު އިބްރާހީމެއެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އިދާރާގައިގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަ ދައްކަވަމުން އެ މަޖިލީހުގެ ނައިބް ރައީސް ޝައިހް އިބްރާހިމް އަހުމަދު ވިދާޅުވީ މި އަހަރު އެ މަޖިލީހުން ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށާއި، އެގޮތުން ފަތުވާ މަޖިލީސްތަކުގައި ފަތުވާ ނެރުމުގެ ކަންކަން ހިނގަމުންދާ ގޮތާ ބެހޭގޮތުން ހާއްސަ ކޮންފަރެންސެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

"މާޗު މަހުގެ ތެރޭގައި ކޮންފަރެންސް ބޭއްވޭތޯ މަސައްކަތް ކުރަމުން މިދަނީ. އިސްލާމީ ބައެއް ގައުމުތަކުގެ ފަތުވާ މަޖިލީހުގެ ބައެއް މެމްބަރުން މެދުވެރިކޮށް ކޮންފަރެންސް ބޭއްވޭތޯ މަސައްކަތް ކުރަމުންމިދަނީ. އަޅުގަނޑުމެން އެބަ ބޭނުންވޭ މިކަހަލަ ކަންތައްތަކުގައި ފަތުވާ ނެރުމުގައި ގެންގުޅޭ ކަންކަން ދަސްކުރަން. އަދި ދިވެހި މުޖްތަމަގުގައި އުޅޭ އިލްމުވެރިންނަށް ފަތުވާގެ ތެރެއަށް ވަނުމަށް ބޭނުންވާ އިރުޝާދުވެސް އެބަ ބޭނުންވޭޭ." އިބްރާހިމް އަހުމަދު ވިދާޅުވިއެވެ.

މަޖިލީހުގެ މަސައްކަތަކާއި ބެހޭގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ މިއަހަރުގެ ތެރޭގައި މަޖިލީހުގެ މެމްބަރުން އިސްލާމީ ގައުމުތަކަށް ދަތުރުކޮށް އެތަންތަނުގެ ފަތުވާ މަޖިލީސްތަކުގައި ކަންކަން ހުރި ގޮތް ބަލައި، ދިރާސާކުރުމަށް ރާވާފައިވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ، ފަތުވާ މަޖިލީސް އުފެއްދެވީ ދީނީ އެއްބައިވަންތަކަން ދިވެހިންގެ މެދުގައި ގާއިމުކުރުމުގެ ގޮތުން، ދީނީ ގޮތުން ދިމާވާ ގޮންޖެހުންތަކާއި ރައްޔިތުންގެ މެދުގައި ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދޭ މައްސަލަތައް، ގައުމީ ފެންވަރުގައި ހައްލުކުރުމަށާއި އަދި އިސްލާމީ ފިގުހީ އާ މައްސަލަތައް ދިރާސާކޮށް އެކަންކަމާ ގުޅޭ ދީނީ ލަފާ އެކަށީގެންވާ ހަލުވިކަމާއި ހަރުދަނާކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.

infinity loading...
×
DB released 01.