ހދ. އަތޮޅު ފެރީ ފަރަށް އެރުމުން މީހުން ސަލާމަތްކޮށް ކުރިނބީއަށް ބާލައިފި

ހދ. އަތޮޅުގެ ހަތަރު ރަށަކުން މީހުން ގޮވައިގެން ދިޔަ ފެރީ ކުރިނބީ ފަރަށް އަރާފައި --- ފޮޓޯ: ކުޅުދުއްފުށި އޮންލައިން

ހދ. އަތޮޅު ގެ ރަށްތަކަށް ދަތުރުކުރާ ފެރީ އެ އަތޮޅު ކުރިނބީ ފަރަށް އުރުމުން އޭގައި ތިބި މީހުން އެރަށަށް ބާލައި އިތުރު ފެރީއެއްގައި ދަތުރު ކުރުމުގެ މަސަތްކަތް ފަށައިފި އެވެ.

ކުރިނބީ ކައުންސިލްގެ ރައީސް މުހައްމަދު އަފްރާހް 'ސަން' އަށް ވިދާޅުވީ ފެރީ ފަރަށް އުރުނީ މިއަދު ހެނދުނު ފަސް ރަށަކުން މީހުން ނަގައިގެން ކުރިނބީއަށް ވަންނަން އުޅުމުގެ ތެރޭގައި ކަމަށާއި މިހާރު ފެރީގައި ތިބި މީހުން ކުރިނބީއަށް ބާލާފައިވާ ކަމަށެވެ.

"އިންޖީނަށް މައްސަލައެއް ދިމާވެގެން ފެރީ ހުއްޓިގެން ގޮސް ފަރަށް އެރީ. ފެރީގައި ތިބި 80 ވަރަކަށް މީހުން ރަށަށް ބާލައި ރައްޔިތުން ނިކުމެ ފެރީ ވަނީ ފުންކޮށްފައި،" އަފްރާހް ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފެރީގައި ތިބީ ހދ. އަތޮޅުގެ ފިނޭ، ހިރިމަރަދޫ، ނާވައިދޫ، ނެއްލައިދޫގެ މީހުނެވެ. އަދި ފެރީ ދަތުރުކުރަމުން ދިޔައީ ކުރިނބީން މީހުން ނަގައިގެން ކުޅުދުއްފުއްޓަށް ދިއުމަށް ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފަ އެވެ.

comment ކޮމެންޓް