މިއަހަރުގެ ގައުމީ އިނާމު ދިނުން މިނިވަން ދުވަހުގެ ހަފުލާގައި

ރައީސް ޔާމީން، ހިތްވަރުދިނުމުގެ ގައުމީ އިނާމު މީހަކަށް ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ޖުމުހޫރީ ދުވަހު ދެމުން އައި ގައުމީ އިނާމު ދިނުމުގެ ހަލްފާ މިއަހަރު މިނިވަން ދުވަހު ބާއްވާ ގޮތަށް ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން މި އަހަރު ގައުމީ އިނާމު ދޭނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމިއްޔާތުގަ އެވެ.

ގައުމީ އިނާމާބެހޭ ކޮމިޓީގެ ތިން އަހަރުގެ މުއްދަތު ހަމަވުމާ ގުޅިގެން ރައީސް ޔާމީން ވަނީ އަލުން އެ ކޮމެޓީ އެކުލަވާލާފައެވެ. އެގޮތުން ކޮމިޓީގެ ޗެއާޕަސަންއަކަށް ހަމަޖެއްސެވީ، މާފަންނު ލޮނުވެލި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް މިއަދު ވިދާޅުވީ ގައުމީ އިނާމު ދޭ ދުވަހަށް ބަދަލު ގެނައީ ވަކި ސަބަބެއް އޮވެގެން ނޫން ކަމަށެވެ. ނަމަވެސް މިއީ ރިޔާސީ އިންތިޚާބު ބާއްވާ އަހަރު ކަމަށް ވުމުން ޖަލްސާ އަވަސް ކުރީ ކަމަށް ބެލެވެއެވެ. 2013 ގައި އޮތް ރިޔާސީ އިންތިހާބު ބޭއްވިއިރު ވެސް ގައުމީ އިނާމު ދީފައި ވަނީ އެ އަހަރުގެ މިނިވަން ދުވަހުގެ ހަފުލާގަ އެވެ.

ދިވެހި ޖުމްހޫރިއްޔަތަށް މި އަހަރު 50 އަހަރު ފުރޭއިރު އެ މުނާސަބަތު ވެސް ކުލަގަދަކޮށް ފާހަގަކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެގޮތުން އެކަމަށް ވާންޖެހޭ ތައްޔާރީތައް ހޯމް މިނިސްޓްރީން މިހާރު ވަނީ ފަށާފައެވެ.

comment ކޮމެންޓް