ކަރުގައި ކަށްޓެއް އަޅައިގަތުމުން ހަދަންވީ ކިހިނެއް؟

މީރުކޮށް ކާން އިންދައި ކަރުގައި ކަށްޓެއް އަޅައިގަނެފިނަމަ ކެއުންމަތިން ފޫހިވީއެވެ. އެއަށްވުރެ ބޮޑަށް ދިމާވާ މައްސަލައަކީ ކަށި ޖެހުމުން ދެން އެވާ ތަދެވެ. ކަށި ނައްޓާލުމަށް ކުރަންޖެހޭ ވޭންހުރި މަސައްކަތެވެ.

މީރު ނަމަވެސް ފަރުމަސް ކާން ގިނަ މީހުން ފޫހިވަނީ މިހެންވެގެންނެވެ. ކަރުގައި ކަށްޓެއް އަޅައިގަތުމުން ދެން ކަންކުރަންވީ ކިހިނެއް ހެއްޔެވެ؟ ބައެއް މީހުން ބައިވަރު ފެންތަކެއް ބޮއެވެ. ނަމަވެސް މިއީ އެންމެ ރަނގަޅު ހައްލެއް ނޫނެވެ. ކަށި ނައްޓާލައި ފަސޭހައިން ތަދު ކަނޑުވާލެވޭނެ ގޮތްތަކެއް އެބައޮތެވެ.

އޮލިވް އޮއިލް: ކަރުގައި ކަށި ޖެހުމުން އޮލިވްފޮދެއްް ބޯށެވެ. ކަރުގައި އަޅައިގެންފައި އިން ކަށި ނެއްޓޭނެއެވެ.

ލުނބޯ ފަނި: މިއީ ކަރުގައި އަޅައިގަންނަ ކަށި ނައްޓާލުމަށް ޒަމާނުއްސުރެ ބޭނުންކުރާ ފަރުވާއެކެވެ. ލުނބޯގައި އެކުލެވޭ ސިޓްރިކް އެސިޑްގެ ސަބަބުން ކަށި ނައްޓާލަން ފަސޭހަވާނެއެވެ.

އެޕަލް ސިޑާ ވިނެގާ: މިއީ ލުނބޯ ފަންޏަށްވުރެ ވެސް ފަސޭހައިން ކަށި ނައްޓާލެވޭނެ އުކުޅެކެވެ. ސަމްސަލެއްގެ އެޕަލް ސިޑާ ވިނެގާ ބޯލާށެވެ. މާ ރަހަ ގަދަ ނަމަ ފެން ފޮދެއް އަޅައިގެން ވެސް ބޯލެވިދާނެއެވެ.

ޕީނަޓް ބަޓާ: ކަރުގައި ކަށި އަޅައިގަނެފި ނަމަ ޕީނަޓް ބަޓާ ސަމްސަލެއް ކާލާށެވެ. ފަސޭހައިން ކަށި ނައްޓަލާނެއެވެ.

ދޮންކެޔޮ: މިއީ ކަރުގައި ކަށިޖެހުމުން އެންމެ އަވަހަށް ހަނދާނަށް އަންނަ އެކައްޗެވެ. ދޮންކެޔޮ ކާއިރު ތަންކޮޅެއް ބޮޑުކޮށް އެތިކޮޅެއް ނަގާ ހަފާލުމަށްފަހު ފެންފޮދަކާއެކު ދިރުވާލާށެވެ.

މާޝްމެލޯ: މިއީވެސް ކަރުގައި އަޅައިގަންނަ ކަށި ނައްޓާލުމަށް ކެވިދާނެ އެއްޗެކެވެ. މާޝްމެލޯ ހަފާލުމަށްފަހު ފެން ފޮދަކާއެކީ ދިރުވަލާއިރު ކަށި ނައްޓާލާނެއެވެ.

(ހެލްތު ޑައިޖެސްޓް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު