އީރާނުގެ މުޒާހަރާތައް އެމެރިކާ އިން ބޭނުންވާ ގޮތަށް ނުދިޔުމުން ވަރަށް ދެރަވާނެ: ހިޒްބުއްލާ

ލުބްނާނުގެ ހިޒްބުއްﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ. އޭނާ ވިދާލުވީ އީރާނުގެ މުޒާހަރާތައް އެމެރިކާއިން ބޭނުންވާ ގޮތަށް ނުދިޔުމުން ވަރަށް ދެރަވާނެ ކަަމަށް--

އިރާނުގެ މުޒާހަރާތައް އެމެރިކާ އިން ބޭނުންވާ ގޮތަށް ނުދިޔުމުން ވަރަށް ދެރަވާނެ ކަމަށް ލުބްނާނުގެ ހިޒްބުއްﷲ ޖަމާއާތުގެ ލީޑަރު ހަަސަސް ނަސްރުﷲ ވިދާޅުވެއްްޖެ އެވެ.

އިއްޔެ ލުބްނާނުނުގެ އަލް-މަޔާދީން ނިއުސް ނެޓްވާކަށް ނަސްރުﷲ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމެރިކާ އިން އުއްމީދުކުރީ މުޒާހަރާތައް އިތުރަށް ގޯސްވެ އީރާނުގެ ސަރުކާރު ވެއްޓޭނެ ކަމަށެވެ.

ނަސްރުﷲ އިތުރަށް ވިދާޅުވީ މުޒާހަރާތައް ފެށީ އީރާނުގެ ރައްޔިތުންނަށް ދިމާވި އިގްތިސާދީ ތަދުގެ ސަބަބުން ކަމަށާއި ނަމަވެސް ފަހުން އެހެން ބަޔަކު މުޒާހަރާގެ އަމާޒު އެހެން ދިމާލަަކަށް ގެންދިޔުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.

"އެމެރިކާ، އިސްރާއިލް އަދި ސައުދީން ވަނީ އިރާނުގެ މުޒާހަރާތަކަށް ނުފޫޒް ފޯރުވާފައި،" ނަސްރުﷲ ވިދާޅުވި އެވެ.

ނަސްރުﷲ ވިދާޅުވީ މުޒާހަރާތަކުގެ ފުރިހަމަ ކޮންޓްރޯލް އީިރާނުގެ ސަރުކާރުން ގެންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބް އޮތް ކަމަށެވެ.

އީރާނުގެ އިސްލާމިކް ރިވޮލޝަނަރީ ގާޑްސް ކޯޕްސްގެ ޗީފް ކޮމާންޑާ ވިދާޅުވީ އީރާނުގެ ދުޝްމިނުން އެ ގައުމުގައި ކުރިއަށްދާ މުޒާހަރާތަކުގައި ހަަމަނުޖެހުން އުފައްދަން ކިތަންމެ މަސައްކަތެއް ކުރިޔަސް އާހިރުގައި އެމީހުން ފެއިލްވާނެ ކަމަށެވެ.

މިދިޔަ ހަފުތާގައި އީިރާނުގައި ފެށި ސުލްހަވެރި މުޒާހަރާތައް ވަނީ ވަރަށް ބޮޑެތި ހަމަނުޖެހުންތަކަށް ބަދަލުވެފަ އެވެ. ހަމަނުޖެހުންތައް ފެށުނީ މުޒާހަރާގައި ބައިވެރިވި ބައެއް މީހުން އެކި ތަންތަނަށް ގެއްލުންދީ ފުލުހުންގެ މަރުކަޒުތަކަށާއި އަދި ސަރުކާރުގެ އިމާރާތްތަކަށް ގެއްލުންދޭން ފެށުމުގެ ސަބަބުންނެވެ.

ހަމަނުޖެހުންތަކުގައި މިހާތަނަށް 20 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

މައުލޫމާތު: ޕްރެސް ޓީވީ

comment ކޮމެންޓް