އެމެރިކާގެ މަޝްހޫރު ތަރި އަދި ވިޔަފާރި ވެރިޔާ ޕެރިސް ހިލްޓަން އެންގޭޖް ވެއްޖެ އެވެ. ޕެރިސް ދެ އަހަރުވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު މޮޑެލް އަދި އެކްޓަރު ކްރިސް ޒިލްކާއާ އެންގޭޖްވެފައި ވަނީ ކޮން އިރަކު ކަމެއް ސީދާ ބުނެފައެއް ނުވެ އެވެ.
ޕެރިސް އާ ކްރިސް އާ އަހަރުގެ ޗުއްޓީ ހޭދަކުރަމުންދިޔަ އިރުގެ ފޮޓޯއެއް އިންސްޓަގްރާމްކޮށް ޕެރިސް ވަނީ އެ ދެމީހުން އެންގޭޖްވިކަން އިއުލާނުކޮށްފަ އެވެ. ޕެރިސްގެ އިނގިލީގައި ނޫ ކުލައިގެ ޑައިމަންޑް އަނގޮޓިއެއް އަޅާފައި އިން ފ ޮޓޯއެއް ވެސް ހިއްސާކޮށްފައިވާއިރު ހަބަރުތައް ބުނާގޮތުގައި އެ އަނގޮޓީގެ އަގު ދެ މިލިއަނަށް އަރައެވެ.

އީ އޮންލައިން ބުނާ ގޮތުން އެ އަނގޮޓި ޑިޒައިންކޮށްފައި ވަނީ މަޝްހޫރު އެތައް ފަންނާނުންތަކެއްގެ ގަހަނާ ޑިޒައިން ކުރާ މައިކަލް ގްރީން އެވެ. އަނގޮޓީގައި ޖުމްލަ 22 ކެރެޓްގެ ޑައިމަންޑް އެކުލެވެ އެވެ.
އުމުރުން 36 އަހަރުގެ ޕެރިސް އާއި 32 އަހަރުގެ ކްރިސް ރައްޓެހިވެގެން އުޅޭކަން އާންމުންނަށް އިއުލާނު ކުރީ ހުސްވި އަހަރުގެ ތެރޭގަ އެވެ. ޕެރިސް ހިލްޓަން ކުރި ޓްވީޓެއްގައި ބުނީ އެންމެ ލޯބިވާ މީހާއާ އެންގޭޖްވެ ކައިވެނި ކުރެވެން އުޅޭތީ ވަރަށް އުފަލުން ހުރި ކަމަށެވެ. އެންގޭޖްވި ނަމަވެސް މި ދެތަރިން ކައިވެނި ކުރާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ. މި ދެތަރިން ކައިވެނި ކުރާނަމަ އެކައިވެނި ވާނީ ދެ ތަރިންގެ ވެސް އަލަތު ކައިވެންޏަށެވެ.

ޕެރިސް ހިލްޓަން އާ ކްރިސް ޒިލްކާ އެންގޭޖްވުން --- ފޮޓޯ: އިންސްޓަގްރާމް
ޕެރިސް ހިލްޓަން އަކީ މަޝްހޫރު ހޮޓެލް ޗެއިން ހިލްޓަން ހޮޓެލްސްގެ ފައުންޑާ ކޮންރާޑް ހިލްޓަންގެ މުނިކާފަ ދަރިއެކެވެ.
ކްރިސް އަކީ ދަ އެމޭޒިން ސްޕައިޑާ މޭން، ދަ ސީކްރެޓް ސާކަލް، ޝާކްނައިޓް ފަދަ ޓީވީ ޝޯތަކާއި ފިލްމުތަކުން ފެނިގެން ގޮސްފައިވާތަރިއެކެވެ.