ބިދޭސީންގެ މުސާރަ އެކައުންޓަށް ޖަމާނުކުރުމުން ކުރާ ޖޫރިމަނާ ފަސްކޮށްފި

ބިދޭސީންތަކެއް މަގެއްގެ މަތީގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މުސާރަ އެ ބިދޭސީއެއްގެ ބޭންކް އެކައުންޓަށް ޖަމާނުކުރާ ފަރާތްތައް ޖޫރިމަނާ ކުރަން ފެށުން ފަސްކޮށްފި އެވެ.

ވަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުން ވަޒީފާ ބިދޭސީ މުވައްޒަފުންގެ މުސާރަ ދޭންވާނީ އެ ބިދޭސީ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ޖަމާކޮށްގެންނެވެ.

އެ ގާނޫނުގައިވާ ގޮތުން އެ ގޮތަށް އަމަލު ނުކޮށްފި ނަމަ ވަޒީފާދޭ ފަރާތް 10،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެެ.

ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއާބެހޭ ގަވާއިދަށް މިއަދު ގެނައި އިސްލާހާ އެކު ޖޫރިމަނާކުރަން ފަށާނީ އަންނަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ކުރިން ޖޫރިމަނާ ކުރަން ފެށުމަށް ހަމަޖެހިފައި އޮތީ މިއަންނަ ހޯމަ ދުވަހުން ފެށިގެންނެވެ.

ބިދޭސީންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރަން ޖެހޭ ގޮތަށް ގާނޫނުން ލާޒިމް ކުރީ ބިދޭސީންގެ އަތުން ރެމިޓެންސް ޓެކްސް ނެގުމަށެވެ. ބިދޭސީންގެ އަތުން ރެމިޓެންސް ޓެކްސްގެ ގޮތުގައި ނަގަނީ ބޭރަށް ފޮނުވާ ފައިސާގެ ތިން ޕަސަންޓެވެ.

comment ކޮމެންޓް