އެޗްއާރުސީއެމްގެ އެސްޖީކަމުން ޝައްމޫން ވަކިކުރީ ރަނގަޅަށް: ސިވިލް ކޯޓު

ޝައްމޫން ހަމީދު: އޭނާ އެމަގާމުން ވަކިކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފައި --- ފޮޓޯ// ރައީސް އޮފީސް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ޝައްމޫން ހަމީދު ވަކިކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ މަގާމުން ޝައްމޫން ވަކިކުރުމުން އޭނާ އެ މައްސަލަ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ. އެ މައްސަލާގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިބުނެފައި ވަނީ، އޭނާ އެޗްއާރުސީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދެވެން ނެތް ކަމަށެވެ.

އެޗްއާރުސީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުން ޝައްމޫން ވަކިކޮށްފައި ވަނީ، އެ ކޮމިޝަނަށް އާ ސެކްރެޓަރީ ޖެނެރަލަކު އައްޔަން ކުރަން ޖެހޭ ގޮތަށް އެ ކޮމިޝަނުގެ ގަވާއިދަށް އިސްލާހު ގެނައުމުންނެވެ.

ޝައްމޫން އެޗްއާރުސީއެމްގެ ސެކްޓްރީ ޖެނެރަލްގެ މަގާމަށް އައްޔަން ކުރީ 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހު އެވެ. އޭނާ އެ މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

comment ކޮމެންޓް