ބިލިޔަނަރު ބިލްގޭޓްސް ރާއްޖެ ވަޑައިގެންފި

ބިލް ގޭޓްސް ---

މައިކްރޯސޮފްޓްގެ ބާނީ އަދި ދުނިޔެގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ އެއްވަނާގައި ހިމެމޭ ބިލިޔަނަރު ބިލް ގޭޓްސް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ ވަޑައިގެންފި އެވެ.

ބިލް ގޭޓްސް ޗުއްޓީ ހޭދަކޮށްލެއްވުމަށް ރާއްޖެ ވަޑައިގެންފައި ވަނީ މިއަދު އެވެ. އާއިލާ އާ އެކު ބިލް ގޭޓްސް ރާއްޖެ ވަޑައިގެންފައިވާ އިރު އެ އާއިލާ އިން ޗުއްޓީ ހޭދަކުރައް ވަނީ އަންނަތަރާ ނަލަދޫ ރިސޯޓުގައި ކަމަށް އެނގިފައިވެ އެވެ.

ދާދި ފަހުން ޕެރިހުގައި ބޭއްވި ވަން ޕްލެނެޓް ސަމިޓުގެ ހަވާސާގެ ތެރެއިން ރާއްޖޭގެ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމާ ބިލްގޭޓްސް ވަނީ ބައްދަލު ކުރައްވައިފަ އެވެ. ބިލް ގޭޓްސް ރާއްޖެ ވަޑައިގަތީ އެ ސަމިޓަށް ފަހު އެވެ.

ބިލް ގޭޓްސް ވަނީ މީގެ ކުރިން ވެސް ޗުއްޓީ ހޭދަކޮށްލެއްވުމަށް ރާއްޖެ ވަޑައިގެންފަ އެވެ.

comment ކޮމެންޓް