މިއަހަރުގެ އެންމެ މަގުބޫލު އަރަބި ލަވަކިޔުންތެރިއަކަށް ލުބުނާނުގެ ނެންސީ އަޖްރަމް ހޮވިއްޖެއެވެ.
ނެންސީގެ ލަވަ "އަމް ބިތާލިިގް ފީކް" (ޑިވޯޓެޑްލީ އެޓޭޗްޑް ޓުޔޫ) ވަނީ މިއަހަރު ރިލީޒްކުރި ހުރިހާ އަރަބިލަވަތަކެއް ފަހަތަށް ޖައްސާލައިފައެވެ. މިދިޔަ ޑިސެމްބަރުގައި ރިލީޒްކުރި މި ލަވަ ވަނީ މި އަހަރު އަރަބި ލަވައިގެ ޗާޓުގައި ދަމަހައްޓައިފައެވެ.
މީގެ އިތުރުން އޭނާގެ އަލްބަމް "ހަސަ ބައިކް" އަށްވެސް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ. 14 ލަވަ ހިމެނޭ މި އަލްބަމް މާކެޓްގައި ވަނީ ބޮޑު ކާމިޔާބީއެއް ހޯދައިފައެވެ.
އޭނާއަށް މި އަހަރު ލިބުނު ކާމިޔާބީތަކުގެ ތެރޭ އޭޕްރީލް މަހުގެ ނިޔަލަށް ޔޫޓިއުބް ޗެނަލްގެ ސަބްސްކްރައިބަރުންގެ އަދަދު މިލިޔަނަކަށް އެރުން ހިމެނެއެވެ.