މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އިން ފެށިގެން ލ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ މިއަދު މެންދުރުން ފެށިގެން އުތުރާއި މެދުތެރޭ އަތޮޅުތަކަށް ބޯކޮށް ވާރޭވުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.
ވައިޖެހޭނެ ކަމަށް ލަފާކޮށްފައި ވަނީ ރުއުތުރާއި އިރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލާއި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓުންް ބުނެ އެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓުން ބުނެ އެވެ. މެޓުން ބުނީ މިހާރު މިކުރާ ވިއްސާރަ މިމަހުގެ 17 އާ ހަމައަށް ދެމިގެންދާނެ ކަމަށާއި މިހ|ާރު ރާއްޖެއަށް މިކުރަނީ މޫސުމީ ވިއްސާރައެއް ކަމަށެވެ.