މާބޮޑަށް ސްޓްރެސް ވާނަމަވެސް ބޮލުން އިސްތަށިފައިބާނެ!

ބޮލުން އިސްތަށި ފޭބުމަކީ އެކަމަށް ހައްލެއް ހޯދަން އެންމެ އުނދަގޫ އެއް ކަންތަކެވެ. ތަފާތު ޝޭމްޕޫ ތަކާ ކްރީމް އަދި ތެޔޮ އުނގުޅައިގެންވެސް ގިނަ ފަހަރު އެކަން ކާމިޔާބު ކުރުމަކީ އުނދަގޫ ކަމެކެވެ.

ބޮލުން އިސްތަށިފައިބާ މީހެއްގެ ބޮލުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 100 އިސްތަށި ފައިބާނެއެވެ. އިސްތަށި ފޭބުމާ، ދިރިއުޅުމުގެ އާދަތަކާވެސް ގުޅުން ހުރެއެވެ.

- މާބޮޑަށް ސްޓްރެސްވުން: މަސައްކަތުގެ މާހައުލާއި އަމިއްލަ ދިރިއުޅުމުގައި ދިމާވާ ކަމެއްގެ ސަބަބުން ފިކުރު ބޮޑުވެ ހާސްވާނަމަ ބޮލުން އިސްތަށިފޭބުމަކީ ވެދާނެ ކަމެކެވެ

- މާބަނޑު ވުމާއި ވިހެއުން: މާބަނޑު އަންހެނުންގެ އިސްތަށިގަނޑަކީ ވަރުގަދަ އިސްތަށިގަނޑެކޭ ބުނެ އުޅެއެވެ. ނަމަވެސް ވިހެއުމަށްފަހު ބޮލުން އިސްތަށި ފޭބުމުގެ އުނދަގޫ 50 ޕަސެންޓް މީހުންނަށް ކުރިމަތިވެއެވެ. މިކަމަށް އޮތް ހައްލަކީ ވިޓަމިންސް އާއި ޕްރޮޓީން އެކުލެވޭ ކާނާ، ކެއުމުގައި ބޭނުން ކުރުމެވެ.

- އިސްތަށިގަނޑު ގެންގުޅޭ ގޮތް: އެމެރިކަން އެކެޑެމީ އޮފް ޑާމިޓޮލޮޖީން ބުނާގޮތުން ބޮލުގެ އިސްތަށިގަނޑު މާބާރަށް އެއްސުމާއި، ބޮލުގައި ކުލަޖެއްސުން އަދި މާ ހޫނުގަދަކޮށް ބްލޯ ޑްރައި ކުރުމަކީ އިސްތަށިގަނޑަށް ގެއްލުން ލިބޭ، ބޮލުން އިސްތަށި ފޭބުމަށް މެދުވެރިވާ ބައެއް ސަބަބުތަކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު