"މޯލްޑިވްސް ލިވިން އެކްސްޕޯ 2018" އަންނަ ފެބްރުއަރީގައި

ލިވިން އެކްސްޕޯ 2017 -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައިރައިޒުން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ މޯލްޑިވްސް ލިވިން އެކްސްޕޯގެ ހަވަނަ އެޑިޝަން "މޯލްޑިވްސް ލިވިން އެކްސްޕޯ 2018" އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވަން ނިންމައިފި އެވެ.

އަންނަ އަހަރުގެ ލިވިން އެކްސްޕޯ ބާއްވަން ހަމަޖެހިފައިވަނީ ތިން ދުވަހުގެ މުއްދަތަށް ( ފެބްރުއަރީ 15 އިން 17 އަށް) ނޭޝަނަލް އާޓް ގެލަރީގައެވެ.

ސަން އަން މައުލޫމާތު ދެއްވަމުން ހައިރައިޒްގެ ޖެނަރަލް މެނޭޖަރު މުހައްމަދު ޝާމިން ވިދާޅުވީ، މި އަހަރުގެ ފެއާގައިވެސް އެހެން އަހަރު ތަކެކޭ އެއްގޮތަށް ރިއަލް އެސްޓޭޓް ވިޔަފާރި ކުރާ ކުންފުނިތަކާއި، ގެދޮރުވެރިކަމުގެ އެކި ދާއިރާތަކުގެ ކުންފުނިތައް ބައިވެރިވެ ގިނަ މައުލޫމާތު ތަކެއް ދެވިގެންދާނެ ކަމަށެވެ.

ލިވިން އެކްސްޕޯ 2017 -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝާމިން ވިދާޅުވީ، އަންނަ އަހަރުގެ އެކްްސްޕޯގައި ބައިވެރިވުމަށް މިހާރު ހުޅުވާލައިފަވާއިރު ގިނަބަޔަކު ދަނީ އެ ފެއާގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅު ކުރަމުން ކަމަށެވެ. އޭގެ ތެރޭގައި އިންޑިއާ، މެލޭޝިއާ، ސްރީލަންކާގެ ކުންފުނިތަކުގެ އިތުރުން ހުޅުމާލޭގައި އިމާރާތް ކުރާފަރާތްތަކުންވެސް ޝައުގުވެރިކަން ފާޅުކޮށް އެ ފަރާތްތަކާއެކު މަޝްވަރާތަށް ކުރެވެމުންދާ ކަމަށްވެސް ޝާމިން ވިދާޅުވިއެވެ.

އަންނަ އަހަރުގެ ފެއާގައިވެސް ބޭންކިންގެ ދާއިރާއާއި ފައިނޭންސްގެ ދާއިރާގެ އިތުރުން އިންޝުއަރެންސްގެ ދާއިރާގެ ބޭފުޅުންބައިވެރިވެ އެކަމާ ބެހޭގޮތުންވެސް މައުލޫމާތުތައް ދެވިގެންދާނެ ކަމަށް ޝާމިން ވިދާޅުވިއެވެ.

ލިވިން އެކްސްޕޯ 2017-- ސަން ފޮޓޯ: ފަޔާޒު މޫސާ

ލިވިން އެކްސްޕޯއަކީ 2013 ވަނަ އަހަރުން ފެށިގެން ހައިރައިޒުން ބާއްވަމުން އަންނަ ފެއާއެކެވެ. އެ ފެއާ މި އަހަރު ބާއްވާފައިވަނީ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ތިން ދުވަހުގެ މުއްދަތަށެވެ. އެ ފެއާގައިވެސް ރާއްޖޭން ބޭރުގެ ކުންފުނިތަކާއެކު 28 ކުންފުންޏެއްވަނީ ބައިވެރިވެފައެވެ.

comment ކޮމެންޓް