ސްކައުޓް ކައުންސިލްގެ ރައީސް އަދި ނައިބު ރައީސް އިންތިހާބުކޮށްފި

ސްކައުޓް ކައުންސިލުގެ ކުރީގެ ރައީސް އިސްމާއިލް ޝަފީގާ (މ)އެކު ސްކައުޓް ކައުންސިލަށް އިންތިހާބުވި އާ ރައީސް ހުސައިން މުހައްމަދު ހަނީފް (ކ) އަދި ނައިބަކަށް އިންތިހާބުކުރި ރިފާއު (ވ)--- ފޮޓޯ/ ސްކައުޓް އެސޯސިއޭޝަން

ގައުމީ ސްކައުޓް ކައުންސިލްގެ ރައީސް ކަމަށް ހުސައިންް މުހައްމަދު ހަނީފު އަދި ނައިބު ރައީސް ކަމަށް އިސްމާއިލު ރިފާއު އިންތިހާބުކޮށްފި އެވެ.

ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި އެ ޖަމިއްޔާގެ ހަޒާންދާރު ކަމަށް އަބްދުﷲ ވަހީދު ވަނީ އިންތިހާބުކޮށްފަ އެވެ.

މީގެެ އިތުރުން ރޭ ވަނީ ސްކައުޓް އެސޯސިއޭޝަންގެ އެޑަލްޓް މެންބަރުންގެ ގޮތުގައި އައިޝަތު އަޙުލާމް، އަޙުމަދު ނަޝީދު، އިސްމާއިލް އަލީ، އައިމިނަތު ތަހުމީނާ އަދި ހުސައިން ޖަވާދު ވެސް އިންތިހާބުކޮށްފަ އެވެ. އަދި ސްކައުޓް ކައުންސިލްގެ ޕާމަނަންޓް މެންބަރުންގެ ގޮތުގައި އަޙުމަދު އަލީ މަނިކު (ކެން) އާއި މުޙައްމަދު ޚާލިދު ވެސް ވަނީ އިންތިހާބުކޮށްފަ އެވެ.

މި ބޭފުޅުން ކައުންސިލަށް އިންތިހާބު ކުރީ ތިން އަހަރުގެ މުއްދަތަކަށެވެ. އެއީ 2018 އިން 2020 އަށެވެ.

comment ކޮމެންޓް