ކަރަންޓް މައްސަލައިގައި ޑީއާރުޕީން އަނެއްކާވެސް މާދަމާރޭ އަލުން މުޒާހަރާއަށް ނުކުންނަން ހަމަޖައްސައިފި

14:30


ކަރަންޓްގެ އަގު ހެޔޮކުރުމަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ ޑީއާރުޕީން މާދަމާރޭ އަލުން މުޒާހަރާއަށް ނުކުންނަން ހަމަޖައްސައިފި އެވެ.


ޑީއާރުޕީގެ ނާއިބް ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު މިއަދު ވިދާޅުވީ، މުޒާހަރާތައް ކުރިއަށް ގެންދިއުމަށްޓަކައި ކޮމިޓީއެއް އެކުލަވާލުމަށް ފަހު މުޒާހަރާތައް މާދަމާ ރެއިން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.


އިލްހާމް އަދި ވިދާޅުވީ، މުޒާހަރާކުރަން މިޖެހެނީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދުމުގެ ސަބަބުން އެކަމުގެ ދަތިކަން އިންތިހާއަށް ރައްޔިތުންނަށް ދިމާވެގެން ކަމަށެވެ. އަދި މުޒާހަރާތައް ކުރިއަށްގެންދާނީ ދިމާވާ ކަންތައްތަކަށް ބަލައި ވަކި ދުވަސްތަކެއް އެކަމަށް ހަމަޖައްސައިގެން ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު