ތުރުކީ-އިރާގު ބޯޑަރު ސަރަހައްދުގައި ކުރުދީ ޕީކޭކޭ ހަނގުރާމަވެރިންނާ ބަދަލުކުރި ހަމަލާތަކެއްގައި ތުރުކީގެ އަށް ސިފައިން މަރާލައިފި އެވެ.
އެ ހަމާލާތައް ފެށުނީ ކުރުދީ ހަނގުރާމަވެރިން ހޯދުމަށް ތުރުކީ ސިފައިން އޮޕަރޭޝަނެއް ފެށުމުންނެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޕީކޭކޭ ހަނގުރާމަވެރިން މަސައްކަތްކުރަމުން ދިޔައީ އިރާގުގެ ތެރެއިން ގޮސް ތުރުކީގެ ފަރުބަދަމަތީ ހިސާބެއް ކަމަށްވާ ހަކަރީ ޕްރޮވިންސަށް ވަނުމަށެވެ.
ތުރުކީ އާއި ސިރީއާގެ އިތުރުން އިރާގުގައި ހަރަކާތްތެރިވާ ޕީކޭކޭ ހަނގުރާމަވެރިންނާ ދެކޮޅަށް ތުރުކީން ދަނީ ދޭތެރެ ދޭތެރެއިން ހަމަލާތައް ދެމުންނެވެ.
މިދިޔަ ސެޕްޓެމްބަރ މަހު ވެސް ޕީކޭކޭގެ 100 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ތުރުކީގެ އޮފިޝަލަކު ވިދާޅުވި އެވެ.
މީގެ ކުރިން ތުރުކީގެ ސަރުކާރާ ޕީކޭކޭ ހަނގުރާމަވެރިންނާ ދެމެދު ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމެއް ހަދާފައި އޮތް ނަަމަވެސް 2015 ވަނީ އެ އެއްބަސްވުން ނިމުމަކަށް އައިސްފައެވެ.
ޕީކޭކޭއަކީ ޓެރެރިސްޓް ޖަމާއަތެއް ކަމަށް އެމެރިކާއާ ޔޫރަޕުން ވެސް ވަނީ ކަނޑައަޅައިފަ އެވެ. ފާއިތުވި 30 އަހަރު ތެރޭ ކުުރުދީ ހަނގުރާމަވެރިންނާ ބަދަލުކުރި ހަމަލާތަކުގައި ވަނީ 40،000 މީހުން ވަނީ މަރުވެފައެވެ.