ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި

އިއްޔެ ރާއްޖެ އައި ބަންގްލަދޭޝް މީހާގެ އަތުން އަތުލައިގެން މަސްތުވާތަކެތި --- ފޮޓޯ/ ކަސްޓަމްސް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި އެވެ.

މޯލްޑްިވްސް ކަސްޓަމްސް ސާވިސް އިން ބުނީ، އެ މީހާ އަކީ 26 އަހަރުގެ ފިރިހެނެއްް ކަމަށެވެ. އަދި އެ މީހާ ރާއްޖެ އައީ ބަންގްލަދޭޝުން ކަމަށާއި އެ މީހާ އަތުލައިގަތީ އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނުމުން ކަމަށެވެ.

އެ މީހާގެ އަތުން އަތުލައިގަތް މަސްތުވާތަކެތި އެމްފެޓަމައިނަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

ޖުމްލަ 1057 ގުޅަ އަތުލައިގެންފައިވާ އިރު، އެތަކެތީގެ ބަރުދަނުގައި 330 ގްރާމް ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ އާއި މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

comment ކޮމެންޓް