ފިޔާ: ހަމައެކަނި މީރު ރަހަލައްވަން ބޭނުން ކުރަންވީ އެއްޗެއް ނޫން

--/

ޒަމާނުއްސުރެ ފިޔައަކީ ކާއެއްޗެހީގައި މީރު ރަހަ ލެއްވުމަށް ބޭނުން ކުރާއެއްޗެކެވެ. ކޮންމެ ބަދިގެއަކަށްވެސް އެންމެ މުހިއްމު އެއްޗެހީގެ ލިސްޓެއް ހަދާނަމަ ކާއެއްޗެހި ހަދަން ބޭނުންވާ ތަކެތީގެ ލިސްޓުގެ ކުރިއަށް ފިޔާ އަންނާނެއެވެ. މިއާއެކު ފިޔައަކީ ބައެއް ބަލިތަކަށް ގޭގައި ދެވޭ ފަރުވާއެއްގެ ގޮތުގައިވެސް ބޭނުން ކުރެވޭނެ އެއްޗެއްކަމަށްވެއެވެ.

ފިޔާގައި އެކުލެވޭ އެންޓި އޮކްސިޑެންޓް ޕްރޮޕަޓީސްގެ ސަބަބުން އެލާޖީ ތަކުން ދުރުކޮށްދީ، ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފަހައްޓައެވެ. ފިޔައާއެކު އެޕަލް ސިޑަރ ވިނެގާ އަދި ޕާސްލީ ފަތްވެސް، މިދެންނެވި ކަންތަކުގައި ބޭނުންކުރެއެވެ.

ރޯގާ ޖެހުމުން ފިޔާ ކެއުން ގިނަކޮށްލާށެވެ. ކާ ގަޑިތަކުގައި ފިޔާ ސެލެޑް ކެވިދާނެއެވެ. ނޫނީ ބަތް ކާއިރު ނޫނީ ރޮށި ކާއިރު ރޯ ފިޔާ ކެވިދާނެއެވެ. ރޯގާޖެހުމުން ފިޔާ ކެއުން އިތުރުކޮށްލުމުން ރޯގާ ފަސޭހަވާލެއް އަވަސް ވާނެއެވެ. ހަށިގަނޑުގައި ހަލާކުވެފައި ހުންނަ ކުދި ޒަހަމްތަކަށްވެސް ފިޔައަކީ އަވަސް ފަރުވާއެކެވެ. ހަށިގަނޑުން ކުޑަ ތަންކޮޅެއް ޒަހަމް ވުމުން އެތަން ރީތިކޮށް ފެނުން ދޮވެލައި ފިޔާ ފޮއްޗެއް އުނގުޅާލާށެވެ. މިތަނުގައި ކުޑަ އާފަލު ދިޔަ ފޮދެއްވެސް އުނގުޅަންވާނެއެވެ. ގައިގެ ހަންގަނޑު ފިހުމުންވެސް މިއީ ކުރެވިދާނެ އަވަސް ފަރުވާއެކެވެ.

ސޫފި ދަތް އެޅުމުން ވާއުނދަގުލުން ސަލާމަތްވުމަށްވެސް ސޫފި ދަތް އެޅިތަނުގައި ފިޔާ ދިޔަ އުނގުޅުމުން އުނދަގޫ ކުޑަކޮށްދޭނެއެވެ. ގަދައަށް ހުން އަންނަ ނަމަ ހުންގަނޑު ވިހެލުމަށް ފިޔާގެ ބޭނުން ކޮށްއުޅެއެވެ. އެގޮތުން އަލުވި އަދި ފިޔާ ކޮށުމަށްފަހު އިސްޓާކީނަކަށް އަޅާނީއެވެ. މީގެ ތެރެއަށް ލޮނުމެދު އަޅާނީ ގާނާފައެވެ. ދެން އިސްޓާކީނު ފަޔަށް ލައްވައިގެން އަރާމުކޮށްލާށެވެ. މިހެން އޮންނަ އިރު އެޕަލް ސިޑަރ ވިނެގާއިން ފޮތިކޮޅެއް ތެންމާލައި ނިއްކުރިމަތީ ބާއްވާލާށެވެ.

މަސްދަރު: ހެލްތް ޑައިޖެސްޓް

comment ކޮމެންޓް