ފްރާންސްގެ އަސްކަރީ ސިފައިންނަށް މުދާ ހިފައިގެންދިޔަ ކާގޯ ފްލައިޓެއް ވެއްޓިއްޖެ

ފްލައިޓް ވެއްޓުނު ސަރަހައްދުގެ މެޕް --

އެފްރިކާގެ ހުޅަނގަށް އޮންނަ ކޯޓް ޑިވޯ (އައިވަރީ ކޯސްޓް)ގެ އަބީޑްޖާންގެ މެއިން ސިޓީގެ އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލި ފްލައިޓެއް އައިވަރީ ކޯސްޓްގެ ކަނޑަށް ވެއްޓިއްޖެއެވެ.

އެ ހާދިސާއާ ގުޅިގެން އެތަށް ބަޔަކަށް އަނިޔާވެފައިވާ ކަމުގެ ހަބަރު ލިބެމުންދާއިރު ރޮއިޓާސް އިން ބުނާގޮތުގައި އެ ހާދިސާގައި، މިހާތަނަށް، ހަތަރު މީހުން މަރުވެފައިވާ ކަމަށް މިހާތަނަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެ ފްލައިޓަކީ ފްރާންސްގެ އަސްކަރީ ސިފައިންނަށް މުދާ ހިފައިގެންދިޔަ ކާގޯ ފްލައިޓެއްކަމަށްވެސް ރިޕޯޓަތަށް ބުނެއެވެ.

ހަބަރުތަށް ބުނާގޮތުން ފްލައިޓް ވެއްޓެން މެދުވެރިވީ ގަދަ ވަޔާއި ވިއްސާރައިގެ ސަބަބުންނެވެ. އަދި ފްލައިޓްގެ ބައިތަށް އަބިޑްޖާންގެ އައްސޭރިފަށުގައިވާ ޕޯޓް ބުއެޓްގެ ގޮނޑުދޮށަށް ލައްގަމުންދާކަމަށްވެސް ރިޕޯޓްތަށް ބުނެއެވެ.

comment ކޮމެންޓް