އުތުރު ކޮރެއާއާ ވާހަކަ ދެއްކުމަށް އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާ ހުށަހަޅުއްވައިފި

އެމރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާ--

އުތުރުކޮރެއާއިން ދޭތެރެ ދޭތެރެއިން ކުރަމުންދާ ނިއުކްލިއާ ޓެސްޓުތަކުން ކޮރެއާ ސަރަހައްދު ނުރައްކާތެރި ހާލަތަކަށް ވެއްޓިފައިވާތީވެ، މަސްރަހު ފިނިކުރުމަށް އެ ގައުމާއެކު ވާހަކަދެއްކުންތައް ބޭއްވުމަށް އެމެރިކާގެ ކުރީގެ ރަައިސް ޖިމީ ކާޓާ ހުށަހަޅުއްވައިފިއެވެ.

އެމެރިކާއާ ކޮރެއާ ދެމެދު ހަނގުރާމަ ފެށިދާނެތީވެ އެކަން ހުއްޓުވުމަށްޓަކައި ކޮރެއާއަށް ދަތުރު ކުރެއްވުމަށް ވެސް ޖިމީ ކާޓާ ވަނީ ހުށަހަޅުއްވައިފައެވެ.

އެމެރިކާގެ ޖޯޖިއާގެ ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޕާކް ހެން ޝެކް ވިދާޅުވީ، ކާޓާ ބޭނުންފުޅުވަނީ 1994 އުުުތުރު ކޮރެއާ އަށް ވަޑައިގަތް ގޮތަށް އުުރުކޮރެއާއަށް ވަޑައިގެން ސުލްހައިގެ ވާހަކަތައް ފެށުމަށެވެ. ދާދި ފަހުން ޖިމީ ކާޓާ ކޮރެއާ އާ ބެހޭގޮތުން ކުރެއްވި ޓުވީޓުތަކާ ގުޅިގެން ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.

ފާއިތުވެގެން ދިޔަ ދެތިން މަސްތެރޭ އުތުރުކޮރެއާއާ އެމެރިކާއާ ދެމެދު ހީވީ ދެންމެ ދެންމެ ބޮޑު ހަނގުރާމައެއް ފެށިގެން ހިނގައިދާނެ ހެންނެވެ.

އދ. ގެ ސަލާމަތީ މަޖުލީހުންވެސް ދަނީ ދޭތެރެ ދޭތެރެއިން އުތުރު ކޮރެއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަމުންނެވެ. ދާދި ފަހުން އުތުރުކޮރެއާ އާ ދެކޮޅަށް ސަލާމަތީ މަޖުލީހުން ދަތިކުރުމުގެ ފިޔަވަޅު އެޅި މައްސަލައިގައި، އިވެންޓެއްގައި ވާހަކަ ދައްކަވަމުން ކާޓާ ވިދާޅުވީ އެމަނިކުފާނު އުތުރުކޮރެއާއަށް ވަޑައިނުގެންފިނަމަ އެމަނިކުފާނުގެ އެންމެ އަރިސްބޭފުޅާ އުތުރު ކޮރެއާއަށް ފޮނުއްވާނޭކަމަށެވެ.

comment ކޮމެންޓް