''ރީތިކަން'' އިއްވާލުމަށްފަހު މޫޝަން މިފަހަރު މިއުޅެނީ ކޮންކަމަކާ؟

މޫޝަން މުބާރަކް -- ފޮޓޯ/ މޫޝަން ފޭސްބުކް

ރާއްޖޭގެ މުއިޒިކީ އުދަރެހުގައި ފިޔަޖަހަމުން އަންނަ ސޯލޯ ލަވަ ކިޔުންތެރިންގެ ތެރޭގައި މޫޝަން މުބާރަކްއަކީ ހަމަގައިމުވެސް ފާހަގަކޮށްލެވޭނެ ނަމެކެވެ. އޭނާއަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު، ހިތްގައިމު އަޑެއްގެ ވެރިއެއް ވެސް މެއެވެ. މޫޝަންގެ ފުރަތަމަ ސިންގަލް "ރީތިކަން" އަދި "ރަންނަމާރި"އަށް އާއްމުންގެ ފަރާތުން ލިބުނު ތަރުހީބަކީ އެކަމުގެ ހެއްކެކެވެ.

ނަމަވެސް ގިނަ ދުވަސްތަކަކަށްފަހު މޫޝަންގެ އަޑެއް ނީވި ދިއުމަށްފަހު އަނެއްކާ ވެސް އޭނާގެ ފަރާތުން އިޝާރާތެއް މިވަނީ ވެފައެވެ. ނަމަވެސް މިފަހަރު ލަވައެއް ނޫނެވެ. ވަރަށް އަވަހަށް އެއްޗެއް ނުވަތަ ކަމެއް ވާން އުޅޭ ކަމުގެ ވާހަކައެވެ.

މިދިޔަ ހުކުރު ދުވަހު މޫޝަންގެ އޮފިޝަލް ފޭސްބުކް ޕޭޖުން ހިއްސާ ކޮށްފައިވާ ޓީޒާއެއްގައި ފެންނަނީ އޭނާގެ ލޯގޯއާއެކު ވަރަށް އަވަހަށް އެއްޗެއް އަންނާނެ ކަމެވެ. ޓީޒާ ކޮޅުގައި ކުޑަ ރާގު ކޮޅެއް އަޑު އިވޭއިރު ހޭޝްޓެގެއްގެ ގޮތުގައި "މޫޝަން މުބާރިކް" ބޭނުން ކޮށްފައިވެއެވެ.

މޫޝަން ގެނެސްދޭން މިއުޅޭ އެއްޗެއް އަދި ސާފުވާ ގޮތް ނުވި ނަމަވެސް، ލަފާ ކުރެވޭ ކަންތައްތަކެއް އެބަހުއްޓެވެ. މީގެ ކުރިން ދިން އިންޓަވިއު ތަކުގައި މޫޝަން ވަނީ އަމިއްލަ ރާގުގެ އަލްބަމެއް ނެރޭނެ ވާހަކަ ބުނެފައެވެ. ނޫނީ މޫޝަން ނެރެން މިއުޅެނީ އާ ވީޑިއޯ ލަވައަކަށް ވެސް ވުން ގާތެވެ.

ކޮންމެއަކަސް ދުވަސް ތަކަކަށްފަހު މޫޝަން ހިއްސާކުރި މި ޓީޒާއިން ވާން އުޅޭ ކަމެއްގެ އިންތިޒާރުގައި މިވަނީ ތިބެން ޖެހިފައެވެ. އެނގޭ އެއްޗަކީ މޫޝަންގެ އިންތިޒާރުގެ ނިމުން ފޮނިވާނެ ކަމެވެ.

comment ކޮމެންޓް