ބީއެމްއެލްގެ ބްރާންޗްތަކުން ޑޮލަރު ގަތުމަށް ބުކިން ހެދުން ހުއްޓާލަނީ

ހެންވޭރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ ބީއެމްއެލްގެ އޭޓީއެމް ސެންޓަރު --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކުރި އޮންލައިންކޮށް ޑޮލަރު ބުކްކުރެވޭ ސިސްޓަމްގެ ކާމިޔާބީއާ އެކު، ބްރާންޗްތަކުން ޑޮލަރު ގަތުމަށް ބުކިން ހެދުން ހުއްޓާލުމަށް ބީއެމްއެލް އިން ނިންމައިފި އެވެ.

ބީއެމްއެލް އިން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނީ އެ ބޭންކުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮންލައިންކޮށް ޑޮލަރު ބުކްކުރެވޭނެ ސިސްޓަމް ތަޢާރަފްކުރުމާ އެކު ޑޮލަރު ގަތުމަށް ބްރާންޗްތަކުގައި ކިޔޫގައި ޖެހިގެން ތިބެން ނުޖެހި، ފުރުމުގެ ކުރިން އެއާޕޯޓުން ފަސޭހަކަމާ އެކު ޑޮލަރު ލިބޭނެ ގޮތް ހަމަޖެހިގެން ދިޔަ ކަމަށެވެ.

އޮންލައިން ބުކިންގް ސިސްޓަމް ތައާރަފް ކުރުމާ އެކު ލިބިގެން ދިޔަ ކާމިޔާބާ އެކު ނޮވެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ބްރާންޗްތަކުން ޑޮލަރު ބުކިންގް ހެދުން ހުއްޓާލުމަށް ބީއެމްއެލް އިން ނިންމާފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.

އެ އަށް ފަހު ހަމަ އެކަނި ޑޮލަރު ވިއްކާނީ އޮންލައިންކޮށް ބްކިން ހަދާ ފަރާތްތަކަށް އެކަނި ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ ބްރާންޗްތަކުން ޑޮލަރުގެ ބުކިން ހެދުން ހުއްޓާލި ނަމަވެސް އޮންލައިންކޮށް ބުކިންގް ހެދުމަށް ދަތިވާ ފަރާތްތަކަށާއި އުމުރުން ދުވަސްވީ ކަސްޓަމަރުންނަށް ބީއެމްއެލްގެ ބްރާންޗްތަކުން ޑޮލަރު ބުކިން ހަދައިދެމުން ގެންދާނެ ކަމަށެވެ.

ހަނިމާދޫ އަދި ގަން އެއާޕޯޓުން ފުރާ ކަސްޓަމަރުންނަށް އެއާޕޯޓާއި އެންމެ ކައިރި ބްރާންޗަކުން ޑޮލަރު ބުކިންގް ހެދުމުގެ ޚިދުމަތް ވެސް ފޯރުކޮށްދެމުން ގެންދާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

comment ކޮމެންޓް