އިންޓަ ސްކޫލް ފުޓްބޯޅަ:
އިމާދުއްދީނާ، ޖަމާލުއްދީން ސެމީ ފައިނަލަށް ދަތުރު ކޮށްފި

މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ވަނީ 13 އަހަރުން ދަށުގެ ދެ މެޗް ކުޅެފަ އެވެ. އެގޮތުން އިއްޔެގެ މެޗްތައް ކާމިޔާބުކޮށް އިމާދުއްދީން ސްކޫލާއި ޖަމާލުއްދީން ސްކޫލް ވަނީ ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ.
މުބާރާތުގައި އިއްޔެ މެންދުރު ފަހު ކުޅުނު ފުރަތަމަ މެޗް އުމައިރު ގްރޫޕްގެ ޖަމާލުއްދީން ސުކޫލުން ކާމިޔާބުކުރީ 4-1 ލަނޑުން ވިލިމާލޭ މުހްޔިއްދީން ބަލިކޮށްގެން ނެވެ.

އިއްޔެގެ މެޗް ކާމިޔާބުކޮށް ޖަމާލުއްދީނަށް ހަތް ޕޮއިންޓާ އެކު ތާވަލްގެ އެންމެ ކުރިލިބުނީ ދެ ވަނާގައި ހަތް ޕޮއިންޓާ އެކު އޮތް އިސްކަންދަރު ސުކޫލަށް ވުރެ އިތުރަށް ގޯލް ކާމިޔާބު ކޮށްފައި ވާތީ އެވެ.

އެއްކޮޅުން ސެމީގެ ޖާގަ ޖަމާލުއްދީން ހޯދާފައި ވާއިރު، ސެމީގެ ދެ ވަނަ ޖާގަ ކަށަވަރު ވާނީ ގުރޫޕްގެ ފަހު މެޗުގައި މިއަދު ހަވީރު އިސްކަންދަރާއި ކަލާފާން ބައްދަލުކުރާ މެޗަށް ފަހު އެވެ.

މީގެއިތުރުން އިއްޔެ ކުޅުނު ދެ ވަނަ މެޗް ކާމިޔާބު ކޮށް އަކުރަމް އަބްދުލްގަނީ ގުރޫޕުގެ އިމާދުއްދީން ވެސް ވަނީ ސެމީފައިނަލުން ޖާގައެއް ކަށަވަރުކޮށްފަ އެވެ.

ސެމީގެ ފުރަތަމަ ޖާގަ އިމާދުއްދީން ސުކޫލުން ކަށަވަރު ކުރީ ބިލަބޮންގް ހައި ސުކޫލާ ބައްދަލުކޮށް 8-0 ލަނޑުން މެޗް ކާމިޔާބުކޮށްގެން ނެވެ. އަދި މިގުރޫޕުން ސެމީގެ ފަހު ޖާގަ ލިބޭ ޓީމެއް އެނގޭނީ މިއަދުހަވީރު ގިޔާސުއްދީނާއި އަރަބިއްޔާ ބައްދަލުކުރާ މެޗަށް ފަހު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު