ބްރޯޑްކަމް މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ރޮހިންޔާ މީހުންނަށް ހަދިޔާކުރަން ނިންމައިފި

ބްރޯޑްކާސްޓިންގް ކޮމިޝަން

ެބްރޯޑްކާސްޓިންގް ކޮމިޝަންގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ރޮހިންގާގެ މުވައްޒަފުންނަށް ހަދިޔާ ކުރަން ނިންމައިފި އެވެ.

އެ ކޮމިޝަނުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެކަމާ ގުޅިގެން ފައިސާ ހަދިޔާކުރުމަށް ކޮމިޝަންގައި ވަނީ ފަންޑެއް ހުޅުވާފައިވާ ކަމަށެވެ. އަދި މިޔަންމާގެ ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ދެމުންދާ ލާއިންސާނީ އަނިޔާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވާން ޖެހޭނެ ކަމަށް އެ ކޮމިޝަނުން ގަބޫލު ކުރެ އެވެ.

މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އަނިޔާ ލިބެމުންދާ ރޮހިންގާ މުސްލިމުންނަށް އެހީތެރިވުމަށް ދައުލަތާއި ސަރުކާރުގެ ގިނަ މުއައްސަސާތަކުގެ އިތުރުން އާއްމު އެކި ފަރާތްތަކުން ވެސް އެކި އެކި ހަރަކާތްތައް ވަނީ ހިންގައިފަ އެވެ. އަދި ދަނީ ވެސް ހިންގަމުންނެވެ.

އެގޮތުން ދާދި ފަހުން އިސްދޫގައި ބެހެއްޓި ފަންޑު ފޮށިން ދެ ދުވަސް ތެރޭގައި ވަނީ އެއްލައްކަ ރުފިޔާ ޖަމާކޮށްފަ އެވެ. އޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި އެކި ހަރަކާތްތައް ކުރިއަށް ގެންދެ އެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު