ސްރީލަންކަން އެއާލައިނުން ހާއްސަ ފެއާއެއް ތައާރަފް ކޮށްފި

ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް -- ފޮޓޯ/ އިވާން ކޮރްޔަކޯވް (ޕްލޭންސްޕޮޓާޒް)

ސްރީލަންކަން އެއާލައިނުން ރާއްޖެއާ ކޮލަމްބޯއާ ދެމެދު ކުރާ ދަތުރުތަކަށް ހާއްސަ ފެއާއެއް ތައާރަފް ކޮށްފިއެވެ.

ސްރީލަންކަން އެއާލައިނުން ބުނީ މި ފެށި ފެއާގެ ދަށުން ކޮލަންބޯ ދެކޮޅު ޓިކެޓެއް 186 ޑޮލަރަށް ލިބިގެންދާނެކަމަށެވެ.

މި ފެއާގެ ދަށުން ޓިކެޓް ގަންނަން ލިބެންހުންނާނީ މި އަހަރު ނޮވެންބަރު މަހުގެ ނިޔަލަށްކަމަށް އެ އެއާލައިނުން ބުންޏެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި، އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލާ ހަމަޔަށް ހުރި ދަތުރުތަކުގެ ޓިކެޓް ވެސް ފެއާ އަގުގައި ލިބެން ހުންނާނެ ކަމަށް ސްރީލަންކަން އެއާލައިނުން ބުންޏެވެ.

މި ފެއާގެ ދަށުން ދަތުރުކުރާ ބިދޭސީންނަށް 26 ޑޮލަރު އިތުރަށް ޗާޖުކުރާނެ ކަމަށްވެސް އެ އެއާލައިނުން ބުންޏެވެ.

comment ކޮމެންޓް