ރައީސް ކަމަކަށް ދެން ކުރިމައްޗެއް ނުލާނަން: ހިލަރީ

އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިިލަރީ ކްލިންޓަން--- ފޮޓޯ: ޓައިމްސް

އެމެރިކާގެ ކުރީގެ ސެކެޓްރީ އޮފް ސްޓޭޓް އަދި މިދިޔަ ރިޔާސީ އިންތިހާބުގައި ބައިވެރިވެ ނާކާމިޔާބުވީ ކެންޑިޑޭޓް ހިލަރީ ކްލިންޓަން ދެން ރައީސް ކަމަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ. އެހެން ނަމަވެސް ވިދާޅުވީ އެކަމަނާ އަދިވެސް ސިޔާސީ ކަންތައްތަކުގައި އުޅުއްވާނެ ކަމަށެވެ.

"އަހަރެން ދެން ކެންޑިޑޭޓެއްގެ ގޮތުގައި ދެން ވާދައެއް ނުކުރާނަން. ނަމަވެސް އަހަރެން އަދިވެސް ސިޔާސީ ކަންތައްތަކުގައި ހަރަކާތްތެރި ވާނަން. އަހަރެން ގަބޫލުކުރަން އަހަރެމެންގެ ގައުމު މިއޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށް،" ސީބީއެސްއަށް ދިން އިންޓަވިއުއެއްގައި ހިލަރީ ވިދާޅުވި އެވެ.

ދެހާސްވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ބަލިވުމުން އެއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ހިލަރީ ވިދާޅުވީ އެކަމާމެދު މިހާރުވެސް ވަރަށް ދެރަވާ ކަމަށާއި ނަމަވެސް މިހާރު އެކަމާ އެހާ ބޮޑަށް ނުވިސްނާ ކަމަށެވެ. އަދި ރިޔާސީ އިންތަިހާބުގައި އޭނާ ބަލިވުމުން އެކަން އެނގުނު ވަގުތު އޭނާއަށް ވީ އިހުސާސުތައް ވެސް ވަރަށް ރީއްޗަށް ކިޔައި ދިނެވެ.

"ލިބުނު ހިތާމައާއެކު އަހަރެންނަށް ހީވީ ވިރުނުހެން. އަދި އެކަން ގަބޫލުކުރަން ވަރަށް އުނދަގޫވި. އަހަރެންގެ ސިކުނޑި ހުއްޓުނު. އިހުސާސެއް ނުވި. ނުވެސް ވިސްނުންު،" ހިލާރީ ބުންޏެވެ.

ރިޔާސީ އިންތިހާބުން ލިބުނު ބައްޔާއެކު އިންތިހާބުގައި ކަންތައްތައް ހިނގައިދިޔަ ކަންތައްތަކުގެ ހަގީގަތްތައް ހާމަކުރުމުގެ ގޮތުން "ވަޓް ހެޕްންޑް"ގެ ނަމުގައި ހިލަރީ އަންގާރަ ދުވަހު ފޮތެއް ނެރުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ފޮތުގައި އޭނާއަށް އިންތިހާބުގައި ހެދުނު ގޯސްތަކާއި ބެހޭގޮތުން ވާހަކަ ދައްކާފައިވާނެ އެވެ.

comment ކޮމެންޓް